ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި

Loading

April 8, 2025
profile
Facebook
Twitter
WhatsApp
ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ ހެލްތު ސެންޓަރަށް ގެންދިއުމުން ބައެއް މީހުން އެ ސަަަރަހައްދުގައި މަޑުކޮށްގެން

ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީ ހަދައިފިއެވެ.

ބޮޑެތި ޒަހަމްތަަކަކާއެކު ހޮޅުދޫގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަގޭ ޒަކިއްޔާ މޫސާ 50އ ގެ ހަށިގަނޑު ތަހުލީލުތައް ކުރުމަށްފަހު އަނބުރާ އެ ރަށަށް ގެންގޮސް ވަޅުލީ އޮޓޮޕްސީ ނަހަދައެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު އިރު އޭނާގެ ގައިގައި ބޮޑެތި ޒަހަމަތަކެއް ހުރިއިރު ކައިރީގައި ވަޅިއެއް އޮތް ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.

މިހާތަނަށްވެސް ޒަކިއްޔާގެ މަރުގެ ހަގީގަތް ހޯދިފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަަމުންނެވެ.

އެނގިފައިވާ ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ސަރަހައްދުން ނެގި ފޮޓޯތަކާއި ލިބިފައިވާ ޒަހަމްތައް ބަލާ ދިރާސާކުރުމަށްފަހު އޭނާގެ ވާޗުއަލް އޮޓޮޕްސީ ހަދާފައި ވަނީ ފުލުހުން ޓީމެއް އިންޑިއާއަށް ގޮސްގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް