ދައުލަތުގެ ދަރަނި ބޮޑުވުމުން ހުރިހާ ބާރެއް ކުރަނީ ރައްޔިތުންގެ ޖީބަށެވެ. ދައުލަތުގެ ދަރަނި ބޮޑުވަނީ ސަރުކާރުގެ ވެރިން ވައްކަންކުރާތީ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. މިއަދުވެސް ރާއްޖޭގައި މިއޮތީ ހަމަ ދައުލަތުގައި ދަތްއަޅާ ސަރުކާރެކޭ ބުނެވެން އެބައޮތެވެ. ސަރުކާރުގެ މަތިން ފެށިގެން ތިރިއަށް ބައިއަޅައިގެން ދައުލަތުގެ ކުންފުނިތައް މިއަދުވެސް އެދަނީ ބޮޑެތި ޚިޔާނާތްތައް ހިންގަމުންނެވެ. މިހާރު މި ކަންކަމަކީ ސިއްރުން ހިންގާ ކަމެއްވެސް ނޫނެވެ. މިގައުމުގެ އެންމެ ކުޑަ ކުއްޖާއަށް ވެސް އެނގޭނެ މިންވަރަށެވެ. ކަންމިހެން ހުރިނަމަވެސް ރައްޔިތުންގެ މި ދައުލަތުގައި ދަތްއަޅާކަމުން ގެންދާ ވެރިންގެ މައްސަލަ ބަލައިދެވޭނެ މިނިވަން މުސްތަގިއްލު އިދާރާއެއް މިގައުމަކު ނެތޭ ބުނެވޭން އެބަ އޮތެވެ.
މިނިވަން އޮޑިޓެއް އިންޞާފުވެރި ތަޙުގީގެއް ހިންގައިދޭނެ ތަޙުގީގީ އިދާރާއެއްވެސް ނެތެވެ. ސަރުކާރުތަކުގެ ވެރިންގެ ޚިޔާނާތުގެ މައްސަލަ ބަލައިދޭނެ މިނިވަން އިދާރާއެއް ނެތުމުންނެވެ.
ރާއްޖޭގެ އާބާދީގެ %70 ޕަސެންޓް ރައްޔިތުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ ހިފާފައިވާ ރައްޔިތުންކަމަށް ވުމުން ރާއްޖެއަށް އެންމެގިނައިން ސިނގިރޭޓް އެތެރެ ކުރާ ދެފަރާތާއެކު މި ސަރުކާރުން ވެރިން ވަނީ ޑީލްހަދާފައި ކަމަށް ބައެއް މީހުން ބުނެއެވެ.
މި ސަރުކާރުގެ ކުންފުނިތައް ދަތްއަޅައި ކަމުން އެދަނީ ދައުލަތުގެ ބާރުގަދަ އެތަކެއް ވެރިންނަށް ބައިއެޅިގެން ކަން ސޯޝަލް މީޑިއާއަށް ބައެއް ސިޔާސީ ވެރިން ދެއްވާފައިވާ ބަސްދީގަތުން ތަކުން ހާމަވެއެވެ.
އެހެން ކަމާއެކު ވައްކަން ކުރުމަށްޓަކާ ދައުލަތުގެ ބާރުތައް އެ ވަނީ ޕެރަލައިޒް ކޮށްލާފައެވެ. ދައުލަތުގެ ދަރަނި ބޮޑުވަމުން އެދަނީ މި ސަރުކާރުން ރައްޔިތުންގެ ޙައްގަށް އިޙުތިރާމު ކުރުމެއްނެތި ވެރިންގެ އަމިއްލަ ފައިދާއަށްޓަކާ ދައުލަތުގެ ފައިސާ އެކި ގޮތްގޮތަށް ބޭނުން ކުރަމުން ދާތީއެވެ. ދާދި ފަހުން ރައީސް ވިދާޅުވެގެން އެސްޓީއޯއިން އެހެން ކުންފުންޏެއްގެ ޗެއާމަނަކު ނެންގެވި އެތަށް މިލިއަން ރުފިޔާގެ ލިއުން އެސްޓީއޯއިން ވީދާލާފައި ވަނީ އެ ލިއުން ލީކުވެދާނެތީ ލަދުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
މި ސަރުކާރުގެ ވެރިން ހިންގަމުން އެދާ ވައްކަން މެދުނުކެނޑި ހިނގަމުން ދާނަމަ މި ސަރުކާރު ނިމޭއިރު ޢުމަރު ނަސީރު ވިދާޅުވާ ފަދައިން ދައުލަތުގެ ތިޖޫރި ހުރިތާގެ ވަޅުގަނޑުވެސް ރައްޔިތުންނަށް ނުފެންނާނެއެވެ. އެހެން ކަމާއެކު އަންނާން އޮތްޖީލުތަކާ ހަމައަށް މި ގައުމު ސަލާމަތުން ގެންގޮސް ދިނުމުގެ ޒިންމާ އުފުލަން ޖެހިފައިވާ މި ގައުމުދެކެ ލޯބިވާ ގައުމީ ލޭހިނގާ ރައްޔިތުން ގައުމާ ރައްޔިތުންގެ ޙައްގުގައި ތެދުވާން ޖެހެއެވެ.
ދައުލަތުގެ ދަރަނި ބޮޑުވަނީ މި ސަރުކާރުން ދިވެހި ކޮންމެ ރައްޔިތަކަށް ކޯއްޗެއްދީގެން ހެއްޔެވެ. ފައިސާ ޗާޕު ނުކޮށް މި ގައުމުގެ ދަރަނި ފިލުވައިދޭނެ ކަމަށް ވިދާޅުވެ ރައީސް ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅު މިއަދު އެ މަނިކުފާނު ހަނދުމަފުޅެއް ނެތެވެ. ދައުލަތުގެ ޚަރަދު މިދާގޮތަށް ބޮޑުވަމުންދާނަމަ އެއްވެސް ރައްޔިތަކަށް ހަމަނޭވާ ލައިގެން މިގައުމުގައި ދިރިއެއް ނުއުޅެވޭނެއެވެ. ދައުލަތާއި ގައުމަށް އެންމެ ފައިދާ ލިބޭ ގައުމީ ލޭނާރަކީ ދިވެހި މަސްވެރިކަމެވެ. ކަން މިހެން ހުރި އިރު އެ ވަސީތްވެސް އެވަނީ އިނދަ ޖެހިފައެވެ. މަސްވެރި ޢާއިލާތައް އެދަނީ ސަލާމްޖަހަމުންނެވެ. ކުރީގެ ސަރުކާރުތަކުން ވިހި ފަންސަވީހަށް ގަންނަމުން ދިޔަ މަސްކިލޯއެއް މިއަދު ސާދަ ފަނަރަ ރުފިޔާ އަށް ތިރިވާނެކަމުގެ ވަޢުދާއި އެކު ބޮޑުވެއްޖެއެވެ.
ޑޮލަރެެއްގެ އަގު ވިހި ބާވީހަށް އަރަނީއެވެ. އެހެންވުމުން ތަކެތީގެ އަގުއަތް ނުފޯރާ ހިސާބަށް އުފުލިއްޖެ އެވެ. އެހެން ކަމުން ރައްޔިތުން ވަރަށް ނިކަމެތި ޙާލަތަކަށް ވެއްޓުނީއެވެ.
ވުމާއިއެކު ދެން އަޑުއިވެނީ އަނެއްކާވެސް“ މީނަ ބުނާގޮތެއް “ އަބަދަކު އެއީ ނިވެނިނިހެއް ނޫންގޮތެކޭ ގޮވާ މި ސަކަރާތް ޖެހޭކަށް ނެތެވެ. ރައްޔަތުން ވަރުބަލި ވެއްޖެއެވެ.
ހެޔޮލަފާ ވެރިކަމެއް ކޮށްދެއްވާފައި ނިންމާލަ ދެއްވުން ކީއްތޯއެވެ.
One Response
ހާދަ ދެރައޭ. މަގޭ ގައުމު ދެން ކިހިނެއް ނަގާ ކޮޅަށް ޖަހާނީ؟