ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކޮށްފި

Loading

April 6, 2025
profile
Facebook
Twitter
WhatsApp

ޝަރީއަތް ނިމެންދެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކޮށްފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ޝަމްއާން މަޤާމުން ވަކިކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން އޭރު ބުނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލާފާސްކޮށް، އޭގެ އެއް ދުވަސްފަހުން، ކުރީގެ ކޮންޓްރޯލަރ، ޝައްމާންގެ އަމުރަށް އެގެއިން ފެނުނު 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަަލައިގައި ޝަމްއާން މަޤާމުން ވަކިކޮށް މާރިޗު 22 ވަނަ ދުވަހުގެރޭ ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އަދި އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަހެވެ.

ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލަ ކޯޓަށް ހާޒިރު ކުރުމުން މިއަދު ވަނީ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް