މާލޭގެ ކެފޭއެއް ބަލައިފާސްކޮށް، 11 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ރޭ ބުނީ ގަވާއިދާ ހިލާފަށް ރާއެްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި، ރޭ މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަަމަށެވެ.
އަދި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިއަ އެ ކެފޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 11 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ރޭ ބަލާ ފާސްކޮށްފައި ވާ ކެފޭގެ ވީޑިއޯ ހިއްސާކޮށްފައި ވައިރު ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާ އެ ކޭފޭގެ ބަދިގެ އޮތީ ވަރަށް ހަޑި ކޮށެވެ.