ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިގެން އޭނާ ހުއްޓުވައިފިއެވެ.
ފުލުހުން މިއަދު ބުނީ ވަޒަންތައް ފެނުނީ ރޭ ވީއައިއޭ އިން ފުރަން ދިޔަ ބިދޭސީއެއްގެ އަތުން ކަމަށެވެ.
އެގޮތުން އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 6 ދުވަހަށް ޖަހާފައެވެ.
އެ މީހާއަކީ ޓޫރިސްޓު ވިސާގައި ރާއްޖެ އައި މީހެކެވެ. ނަމަވެސް އޭނާ އަކީ ކޮންގައުމަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.