ކުރީގެ ހިންދީ ތަރި މަނޯޖް ކުމާރު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp


އިންޑިޔާގެ ކުރީގެ ހިންދީ ފިލްމް ތަކުން މަޝްހޫރުވި އެކްޓަރ މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ މުމްބާއީގައި ހުންނަ ކޮކީލާބެން އަމްބާނީ ހޮސްޕިޓަލުގައެވެ. އޭނާގެ ދަރިފުޅު ކުނާލް ގޮސްވާމީ މައުލޫމާތުދީފައިވާ ގޮތުގައި މަނޯޖް ކުމާރު މަރުވީ މުސްކުޅި ވުމުން ދިމާވާ އެކިއެކި ސިއްހީ މައްސަލަ ތަކުގައި ގިނަދުވަސްތަކެއްވަންދެން އުޅުމަށް ފަހުއެވެ.


1960 އަދި 1970ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ވަރަށް ބޮޑަށް ވިދާލި އެކްޓަރ މަނޯޖް ކުމާރު ގެ އެކްޓިން ކެރިއަރ ގައިވަނީ ކާމިޔާބް އެތައް ފިލްމެއް ކުޅެފައެވެ. އަދި އޭނާއަށް ވަނީ އެތައް އެވޯޑް ތަކެއްވެސް ލިބިފައެވެ. މީގެ ތެރޭގައި ޕަދްމާ ޝިރީ އެވޯޑްވެސް ހިމެނެއެވެ.އަދި ސިނަމާގެ ދާއިރާއިން ދޭ އެންމެ މަތީ އެވޯޑް ދާދާސާހެބް އެވޯޑްވެސް ވަނީ އޭނާއަށް ލިބިފައެވެ.
މަނޯޖް ކުމާރް މަރުވުމުން ހިންދީ ސިނަމާގެ ގިނަ އަދަދެއްގެ އެކްޓަރުން ނާއި ޑައިރެކްޓަރުން ދަނީ ތައުޒިޔާ ފޮނުވަމުންނެވެ.މީގެ އިތުރުން ބޮޑުވަޒީރު ނަރެންދުރަމޯދީ ވެސް ވަނީ މަނޯޖް ކުމާރަކީ އިންޑިއަން ސިނަމާގެ ”އައިކަން“ އެއްކަމަށް ވިދާޅުވެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.
މަނޯޖް ކުމާރް ވަނީ ފިލްމް ޑައިރެކްޓް ކުރުމުގެ މަސައްކަތުގައިވެސް ހަރަކާތްތެރިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް