މުސްލިމް ޤައުމުތައް އެއްބައިވެއްޖެނަމަ ދުޝްމަނުންގެ މައްޗަށް ކުރި ހޯދޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
ްޕްރެސް ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕެޒެސްކިއަން މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ޔަމަނުގެ އެންމެ މަތީ ސިޔާސީ މަޖިލީހުގެ ޗެއާމަން މަހުދީ އަލް މަޝާތަށް ފޯނުން ގުޅުއްވާ ވާހަކަ ދައްކަވަމުންނެވެ.
ފޯނުން ގުޅުއްވާ އެ ދެ ބޭފުޅުން ވާހަަކަދައްކަވާފައި މި ވަނީ އެމެރިކާގެ ވައިގެ ހަމަލާތައް ޔަމަނަށް ފޮނުވާލާ އެ ގައުމުގެ އާންމުން ޝަހީދުވެ ޒަޚަމްވެފައި ވަނިކޮށެވެ.
މީގެ އިތުރުން މަޝާތު ވިދާޅުވީ އިސްލާމީ ގައުމުތަކުން އެއްބައިވަންތަކަންތަކަމުގައި ދެމިތިބިއްޖެނަމަ ”އިމްޕިރިއަލިސްޓް“ ބާރުތަކަށް މުސްލިމުންނަށް އަނިޔާކޮށް އަރައިނުގަނެވޭނެ ކަމަށެވެ.
އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށި ފަހުން ރައްދުގައި ޣައްޒާގައި ތިބި ފަލަސްތީނަށް ތާއީދުކޮށް އިސްރާއީލާއި އެމެރިކާގެ އަމާޒުތަކަށް ޔަމަނުން އަންނަނީ ހަމަލާދެމުންނެވެ.
އިސްރާއީލުން ޣައްޒާގައި ދެމުންދާ ހަމަލާތައް ހުއްޓާލުމުން ނޫނީ ޔަމަނުން ދެމުން އަންނަ ހަަމަލާތައްވެސް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.