މިފްކޯއިން މަސްވެރިންނަށް 3.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މަސްވެރިންނަށް 3.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މިފްކޯއިން ބުނީ މި ފައިސާއަކީ 29 މާރިޗް ގައި މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހުގެ އަގަށްވާ ފައިސާ ކަމަށެވެ. އެގޮތުން އެ ދުވަހު 10 ދޯންޏަކުން މިފްކޯއަށް މަސް ކިރާފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 320،897 ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން އިތުރަށް ބުނީ 31 މާރިޗް އާ ހަަމައަށް އެ ކުންފުނިން މަސްވެރިންނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް މިހާރު ދައްކައި ނިންމާފައިވާ ކަމަށެވެ.

މިފްކޯއިން މިހާރު އަންނަނީ މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކަމުންނެވެ.

Loading

One Response

  1. ތިޔައީ ނުގަންނަ މަހަށް ދޭ ފައިސާއެއްތޯ ތިހާ ގިނައިން ތިވާހަކަ ދައްކަނީ ލިޔަންވީ ނުން މަސްވެރިންނަށް ސަރުކާރު ދަރައިއޮްތްވަރުގެ ވާހަކަ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް