އެމެރިކާއާއި ކެނެޑާގެ ޒަމާންވީ އެކުވެރިކަން ނިމުމަކަށް

Loading

March 30, 2025
profile
Facebook
Twitter
WhatsApp

އެމެރިކާއާއި ކެނެޑާގެ ގުޅުން ޒަމާންތަކަކަށް ދެމިގެންދިއުމަށްފަހު ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތުމާއެކު ހީވެސް ނުކުރާގޮތަކަށް ނުއަތު ބުރެއް އެޅުމަށްފަހު އެ ގުޅުން ނިމުމަކަށް އަތުވެއްޖެ ކަމުގައި ކެނެޑާގައި އަލަށް އިންތިޚާބު ކުރެވުނު ބޮޑުވަޒީރު މާރކް ކާރނީ ރަސްމީ ގޮތުން ހާމަކުރައްވައިފިއެވެ.

އެމެރިކާއިން ކެނެޑާއަށް އެތެރެކުރާ އެއްގަމު އުޅަނދުފަހަރާއި ސްޕެއާރ ޕާރޓް ތަކުން %25 ޓެކްސް ނަގާނެކަން އެމެރިކާ ރައީސް ޓްރަމްޕް އިއުލާން ކުރެއްވުމާ ގުޅިގެން އޮޓަވާގައި އެ މަނިކުފާނުގެ ވަޒީރުންނާއެކު ބޭއްވެވި ވިޔަފާރީގެ މަޝްވަރާ ތަކަކަށްފަހު މީޑިއާއަށް ދެއްވި މައުލޫމާތުގައި ކެނެޑާގެ ބޮޑުވަޒީރު ވިދާޅު ވެފައިވަނީ އެމެރިކާއާ އެކު އޮތް ޒަމާންވީ އިގްތިސާދީ ގުޅުމާއި މިލިޓްރީ އަދި ސެކިއުރިޓީ އެއްބައިވަންތަކަން މިހިސާބުން ނިމުނީ ކަމަށެވެ. އެމެރިކާއިން ދެން އަޅާނެ ފިޔަވަޅެއް އަހަރެމެންނަކަށް ނޭގެއެވެ. އެކަމަކު ކެނެޑާއަކީ އަހަރެމެންގެ ގައުމެވެ. އަހަރެމެން އަޅާނެ ފިޔަވަޅުތައް އަހަރެމެންނަށް އެނގޭނެއެވެ. އެހެންގައުމަކުން އަހަރެމެންނަށް ކޮށްދެވިދާނެ ކަންތަކަށްވުރެން ގިނަ ކަންތައް އަހަރެމެންނަށްޓަކައި އަހަރެމެންނަށް ކުރެވިދާނެއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވަމުން ގެންދެވިއެވެ.                 

ކެނެޑާއަށް ބޭނުންވާ އެންމެ ގިނަ މުދާ މިހާރު އެތެރެ ކުރެވެނީ އެމެރިކާއިންނެވެ. މިހާރު ކަންދިމާވެފައިވާގޮތުން އަހަރެމެންނަށް ދެން ޖެހޭނީ އެކަމަށް އެހެން މަގުތައް ހޯދާށެވެ. އެމެރިކާގެ މައްޗަށް ބުރަވެ ލެބިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭނެއެވެ. އެއީ މީގެ ކުރިން އަހަރެމެން އުންމީދުކޮށްގެންތިބި ދުވަހެއް ނޫނެވެ. އެކަމަކު އަހަރެމެން މި ގައުމާއި މި ގައުމުގެ މަސައްކަތްތެރިންނާއި މި ގައުމުގެ ވިޔަފާރި ކުންފުނިތައް ރައްކާތެރި ކުރާނަމެވެ.                                                     

ޓެކްސް ޓެރިފާ ބެހޭގޮތުން ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް ކުރެއްވި އިއުލާންގެ ސަބަބުން އެމެރިކާއިން އެއްގަމު އުޅަނދު ފަހަރު މި ގައުމަށް އެތެރެކުރާ އެންމެ ބޮޑު 3 ކުންފުންޏަށް ވަރަށްބޮޑު ސިހުމެއްވަނީ ލިބިފައެވެ. ޓްރަމްޕް ޔަގީންކޮށްގެން އެ ހުންނަވަނީ މިގޮތަށް ކެނެޑާގެ  ވިޔަފާރިއަށް އުދަނގޫކޮށްގެން ކެނެޑާއަކީ އެމެރިކާގެ ސްޓޭޓަކަށް ހަދަން މަގު ހުޅުވިގެންދާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް