ޢީދު ނަމާދަށް ހާޒިރުނުވުމުން ހުޅުމާލޭ އަޒީޒާ މިސްކިތުގެ 2 އިމާމުން ސަސްޕެންޑްކޮށްފި

Loading

Facebook
Twitter
WhatsApp

ޢީދު ނަމާދަށް ހާޒިރުނުވުމުން ހުޅުމާލޭ އަޒީޒާ މިސްކިތުގެ އިމާމާއި ބަދަލުގައި ހަަމަޖައްސާފައިވާ މީހާ ސަސްޕެންޑްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިއަދުގެ ޢީދު ނަމާދު ވަގުތު ޖެހުނު އިރުވެސް އަޒީޒާ މިސްކިތުގެ އިމާމާއި ބަދަލުގައި ހަމަޖެއްސި މީހާ އެ މިސްކިތަށް ގޮސްފައެެއް ނުވެއެވެ. އަދި ނުދެވޭނެ ކަން މިނިސްޓްރީއަށް އަންގާފައެއްވެސް ނުވެެއެވެ. އެހެންކަމުން މިއަދު އެ މިސްކިތުގައި ޢީދު ނަމާދު ފެށީ 10 މިނެޓް ފަހުންނެވެ. އަދި އިމާމުވެ ނަމާދުކޮށްފައި ވަނީ އެ މިސްކިތަށް ދިޔަ ބިދޭސީއެެކެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދު ކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ޖައްސާފައިވާ ފަރާތާއި ދެމީހުންވެސް މިއަދު މިސްކިތަށް ހާޒިރުނުވާތީވެ، އުޞޫލުގެ ތެރެއިން މައްސަލަ ބަލައި 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ޚުޠުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށެވެ.

”އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައި ވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީވެ އެ މައްސަލަ ވެސް ވަކިން ބަލައި އުޞޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް ވަނީ ކަމާބެހޭ ޔުނިޓަށް އަންގާފައި“ ޝަހީމް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް