ރަހަފަތް: ހަނާކުރި ކުކުޅު

Loading

March 30, 2025
profile
Facebook
Twitter
WhatsApp

ބޭނުންވާ ތަކެތި:
1 ކިލޯ ކުކުޅު (ކޮށާފައި)
3 މޭޒުމަތީސަމުސާ ހުނިހަވާދު
2 ފިޔާ
3 ލޮނުމެދު
1 އިންޗީގެ އިނގުރުކޮޅެއް
2 ހިކަނދިފަތް
4 އިންޗީގެ 2 ރާނބާފަތްބުރި
2 ތޮޅިމިރުސް ނުވަތަ ގިތެޔޮމިރުސްފަޅިއެއް
1 ބޭލީފް
6 ކަރަންފޫ
1/2 މޭޒުމަތީސަމުސާ ހަކުރު
1/2 ސައިސަމުސާ ލޮނު
ހިކިމޭބިސްކަދުރު
ކަޖޫނަޓް
1 ޕްލެއިން ޔޯގަޓް
2 ސައިސަމުސާ ގިތެޔޮ

ތައްޔާރުކުރާނެ ގޮތް:
ހުނިހަވާދު ހިމުންކޮށް މުގުރާލާށެވެ. ކުކުޅުތަކުގައި ލޮނުކޮޅެއް ހާކާލުމަށްފަހު މުގުރި ހަވާދުކޮޅުގެ އެއްބައި ކުކުޅުގައި ހާކާލައި، މަތިޖަހާފައި މަދުވެގެން 30 މިނިޓުވަންދެން ބަހައްޓާށެވެ.
ފިޔާ ތުނިކޮށް ކޮށާލާށެވެ. ތޮޅިމިރުސްނަމަ ކޮންމެ މިރުހެއް ދެފަޅިއަށް ފަޅާލާށެވެ. ގިތެޔޮމިރުސްނަމަ ބޮޑެތިކޮށް ކޮށާލާށެވެ. ލޮނުމެދާއި އިނގުރު ގާނާލާށެވެ.
ތަވަޔަކަށް ނުވަތަ ތެއްޔަކަށް ގިތެޔޮކޮޅު އަޅައި އުނދުންމައްޗަށް އުދާށެވެ. ގިތެޔޮކޮޅު ހޫނުވުމުން ހިކަނދިފަތް، ރާނބާފަތް، ކަރަންފޫ އަދި ބޭލީފް އަޅައިގެން ފިޔާގަނޑު މީރުކޮށްލާށެވެ. މީރުކުރަން އަޅާނީ ކޮށާފައިހުރި ފިޔާގެ އެއްބައެވެ. ފިޔާގަނޑު މިލައިލުމުން އިނގުރާއި ލޮނުމެދުކޮޅު އަޅާލާށެވެ. އެއަށްފަހު ހަވާދުކޮޅުގެ އަނެއްބައި އަޅައި، ބައިޖޯޑެއްހާ ފެން އެޅުމަށްފަހު ކައްކާލާށެވެ. ތައްޔާރުކުރި ކުކުޅުކޮޅާއި ޔޯގަޓް، އަދި ލޮނު އެއަށް އަޅައި ރޯފިލަންދެން ކައްކާލާށެވެ. ފުރަތަމަ 3 މިނިޓުވަންދެން ކައްކާނީ ގަދަ ގިނީގައި، ފުށުންޖަހަމުންނެވެ. އެއަށްފަހު ހަކުރުކޮޅާއި މިރުސްކޮޅު އެޅުމަށްފަހު އެއްކޮށްލާފައި މަތިޖަހާފައި މަޑުގިނީގައި ކައްކާލާށެވެ. ދޭތެރެއަކުން ދޭފަތުން ހަލުވާލަންވާނެއެވެ. އެހެންނޫނީ ފުލުގައި ހިފާފާނެއެވެ. ކައްޓާއެކު ހުރި ކުކުޅުނަމަ ބައިގަޑިއެއްހާއިރުން، ކަށި ނެތްނަމަ ވިއްސަކަށް މިނިޓުން ރޯފިލާނެއެވެ.
ކުކުޅުކޮޅު ކެކުމުން އުނދުން ނިވާލުމަށްފަހު، ވަކިން ތަވައެއްގައި ސައިސަމުސާލެއްހާ ގިތެޔޮކޮޅެއް ހޫނުކޮށްލާފައި ހިކިމޭބިސްކަދުރާއި ކަޖޫނަޓް އަދި ފިޔާ ވަކިވަކިން އަޅައިގެން މަޑުގިނީގައި ތެއްލާލާށެވެ. ކަޖޫނަޓް ތެއްލާނީ މަޑު މުށިކުލަ އަރަންދެންނެވެ. ހިކިމޭބިސްކަދުރުކޮޅު ތެއްލާނީ ފުފެންދެނެވެ. ކޮންމެ ބައެއްވެސް ތެއްލައި ނިމުމުން އަޅާލާނީ ކައްކާފައިހުރި ކުކުޅުގެ ތެރެއަށެވެ . ފަހުބައި ތެއްލައި ނިމުމުން އަޅާލާނީ ތަވާގައިހުރި ގިތެޔޮފޮދާއެކުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް