ރަހަފަތް: މުގު ބޯކިބާ

Loading

March 29, 2025
profile
Facebook
Twitter
WhatsApp

ބޭނުންވާ ތަކެތި:
1 ޖޯޑު މުގު (ކައްކާފައި)
1 ދަޅު މަސް
ގިތެޔޮމިރުސް ފަޅިއެއް
1 ފިޔާ
1/2 އިންޗި އިނގުރު)
2 ހިކަނދިފަތް
1/2 ސައިސަމުސާ ރީނދޫ
1/2 ސައިސަމުސާ ލޮނު
ލުނބޯ ކިބައެއްގެ ހުތް

ތައްޔާރުކުރާނެ ގޮތް:
ފިޔާ، އިނގުރު، ހިކަނދިފަތް، މިރުސް، މިކްސަރުގެ މުގުރާބައިން ރާޅުކޮށް މުގުރާލާށެވެ.
މުގުރި ސާމާނު ތައްޓަކަށް އެޅުމަށްފަހު ލުނބޯހުތާއި ލޮނު އަދި ރީނދޫ އަޅައިގެން މޮޑެލާށެވެ. އޭގެތެރެއަށް މަސް އަޅައި މޮޑެލުމަށްފަހު މުގު އަޅައި މޮޑެލާށެވެ.
ޓްރޭއެއްގެ ފުލުގައި ބޭކިންގ ޕޭޕަރު އެޅުމަށްފަހު މަސްގަނޑު އޭގެމަތީގައި ފަތުރާލައި، 180 ޑިގްރީގައި އަވަނުން ފިހެލާށެވެ. ގާތްގަނޑަކަށް 20 ނުވަތަ 25 މިނިޓުން ފިހެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް