ދުނިޔޭގެ އެންމެ ބޮޑު ބޯކޮށާ ”ފިހާރަ“ މައްކާގައި ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ދުނިޔޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ބޯކޮށާ ”ފިހާރަ“ ސައޫދީ އަރަބިއްޔާ ގެ މައްކާގައި ހުޅުވައިފިއެވެ. މައްކާގެ ކްލޮކް ޓަވަރ ސެންޓަރުގައި ހުޅުވި ބޮޑު ބާބަޝޮޕް އަކީ ހައްޖު އަދި އުމުރާވެރިންގެ ބޯބޭލުމާއި އަދި ބޯކޮށުމުގެ ހިދުމަތް ދިނުމަށް ހުޅުވި ތަނެކެވެ. މިތަނުން ބައިނަލްއަގްވާމީ ފެންވަރުގެ އަވަސް އަދި ފުރިހަމަ ހިދުމަތް ލިބެން ހުންނަކަމަށް ހަބަރު ލިބެއެވެ.


އަލަށް ހުޅުވި ބޮޑު،ބޯކޮށާ ފިހާރައަކީ ހަރަމް ފުޅާ ކައިރިން ހިދުމަތްލިބޭ މިފަދަ އެތައް ތަނެއް ހުޅުވުމަށް ކޮށްފައިވާ ޕްލޭން އެއްގެ ދަށުން ހުޅުވި ތަނެއް ކަމަށް ވެއެވެ. މިތަނުގައި ބޯކޮށުމަށް އަދި ބޯބޭލުމުގެ ޚިދުމަތްދޭ 170 ގޮނޑި ހުންނަ ކަމަށާ، ތަން ހުޅުވައިގެން ފުރަތަމަ ދުވަސްކޮޅުވެސް ދުވާލަކު 15 ހާހަށްވުރެގިނަ އުމްރާވެރިންނަށް ޚިދުމަތް ދީފައިވާ ކަމަށްވެއެވެ. މިތަނުގައި މީހަކަށް ހިދުމަތް ދިނުމަށް ނަގަނީ ތިން މިނެޓް ކަމަށް ވެއެވެ.މިތަނުން ލިބޭ ޚިދުމަތް އެހާ އަވަސް ވުމުންވެސް ހިދުމަތުގެ ފެންވަރު ރަގަޅުކަމާއި މީހުން ހިދުމަތް ބަލައިގަންނަ ކަން ހާމަވާ ކަމަށް ހަބަރުތައް ބުނެއެވެ.
ހައްޖު އަދި އުމްރާވެރިންނަށް ޚާއްސަކޮށްގެން ޒަމާނީ ފެންވަރުގެ ބޯކޮށާތަނެއް ހުޅުވާފައިވަނީ ހައްޖު އަދި އުމްރާގެ އަޅުކަމަށް ސައުދީ އަށް ދާ މީހުންނަށް ދެވޭ ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަގަޅު ކުރުމަށް ހިންގޭ އެހެން އެތައް ޕްރޮޖެކްޓް ތަކަކާވެސް ގުޅި ލާމެހިގެންދާގޮތަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް