މިޔަންމާއަށް ބާރުގަދަ ދެ ބިންހެލުމެއް އައިސްފި

Loading

Facebook
Twitter
WhatsApp
Earthquakes

މިޔަންމާއަށް ބާރުގަދަ ދެ ބިންހެލުމެއް އައިސްފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި މިޔަންމާއަށް 7.7 އަދި 6.4 ގެ މެގްނިޓިއުޑްގެ ބިންހެލުންތަކެއް ވަނީ އައިސްފައެވެ.

ތައިލެންޑާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކަށް ވެސް ބާރުގަދަ ބިންހެލުންތަކެއް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިޔަންމާއަށް ފުރަތަމަ ބިންހެލުން އައިސްފައި ވަނީ ސަގައިން ސިޓީގެ ހުޅަނގު އުތުރުން 16 ކިލޯމީޓަރު (10 މޭލު) ދުރުގައި 10 ކިލޯމީޓަރުގެ އަޑިން ރާއްޖެ ގަޑިން ރޭ ގާތްގަނޑަކަށް 12:50 ހާއިރު ކަމަށް ޔޫއެސްޖީއެސް އިން ބުނެއެވެ.

މީގެ އިތުރުން ޗައިނާ ބިންހެލުމުގެ ނެޓްވޯކްސް ސެންޓަރު (ސީއީއެންސީ) އިން ބުނީ ޝިންހުއާ ނިއުސް އެޖެންސީން ބުނާ ގޮތުގައި މިޔަންމާއަށް 7.9 ގެ ބާރުމިނުގައި ލޮޅުން އަރާފައިވާ ކަމަށާއި ސީއެންސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ”ޔުނާންގައިވެސް ބިންހެލުންތަކެއް އިހުސާސް ކުރެވުނު“ ކަމަށެވެ.

ޔޫއެސްޖީއެސް އިން ބުނާ ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ގާތްގަނޑަކަށް 12 މިނެޓް ފަހުން 6.4 މެގްނިޓިއުޑްގެ އަފްޓާޝޮކެއް ވެސް ވަނީ އެ ސަރަހައްދަށް އައިސްފައެވެ.



Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް