އެސްޓީއޯއިން ރާއްޖޭގައި ވިއްކަމުން އަންނަ ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ފިޔުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުން ޕެޓްރޯލް ލިބެން ހުންނާނީ 13.50 ރުފިޔާއަށް ކަމަށެވެ. މި ބަދަލާއެކު ލީޓަރަކުން މި ވަނީ 48 ލާރި އަގުހެޔޮވެފައެވެ.
މީގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 13.98ރ އަށެވެ. އެހެންކަމުން ލީޓަރަކުން 48 ލާރި ހެޔޮކުރުމުން، ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 13.50ރ އަށް ތިރިވެފައެވެ.