ސިއްޙީ ދާއިރާގެ އޯޓީ ލިމިޓް ވެސް އުވާލައިފި

Loading

Facebook
Twitter
WhatsApp

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރު ގަޑީގެ އިނާޔަތުގެ ފައިސާ ދިނުމުގެ ލިމިޓް އުވާލައިފިއެވެ.

އަލަށް އެކުލަވާލެވުނު އިސްލާހާއެކު، ރޯދައިގެ ފަހު 10 އިން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކާއި ކަލަންޑަރުގައި ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސްތައް އަދި ރައީސްގެ ދެންނެވުމަކުން ސަރުކާރު ބަންދުކުރާ ދުވަސްތަކަށް 10 ޕަސެންޓުގެ ލިމިޓު ނުލައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ނެރެގެން މަސައްކަތްކުރުވާ ހުރިހާ ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ދޭންޖެހެއެވެ.

މި މަހުގެ 19 ވަނަ ދުވަހުގެރޭ ނޭޝަނަލް ޕޭ ކޮމިޝަނުން ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުތަކުގެ ތެރޭގައި އިތުރު ގަޑީގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންގެ އޯޓީ ލިމިޓު ވަނީ އުވާލާފައެވެ. މީގެ ކުރިން ރަސްމީ ގަޑީގެ ފަހުން ކުރާ ކޮންމެ މަސައްކަތަކަށް އިތުރު ގަޑީގެ ގޮތުގައި ލިބެމުންއައީ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ ގިނަވެގެން 10 ޕަސެންޓަށް ވާ މިންވަރަށެވެ.

މި ބަދަލަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ވަނީ ތާއީދުކޮށްފައެވެ.

Loading

One Response

  1. ދެން ރަނގަޅުވާނީ އެފައިސާ ކޮޅަށް އިތުރު 20 ސިޔާސީ މަގާމު އުފައްދައިފާ ގާތްތިމާގެ މީހުނަށާއި މެމްބަރުން ރުއްސަން އެމީހުން ބުނާ އިތުރު މީހުނަށްވެސް ވަޒީފާ ބަހާލީމާ. މަ ހަމަ ކޮސްވެއްޖެއެވެ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް