ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް، މ. ދިއްގަލި، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ރޭ ޢައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އަކީ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފް.ބީ.އައި ނޭޝަނަލް އެކަޑަމީއިން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ގްރެޖުއޭޓެކެވެ. އަދި އެބޭފުޅާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި އަދި ޕޮލިސް ބޯޑުގައިވެސް މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ.