ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަހީދު ޢައްޔަންކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ސ. ހިތަދޫ/ ބާޒީގެ ހުސައިން ޝަހީދު އައްޔަންކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
‎ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވެވި ރަސްމިއްޔާތެއްގައި އަލަށް އައްޔަންކުރެއްވި ފަނޑިޔާރު ހުސައިން ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ރައީސް މުޢިއްޒު ވަނީ ޝަހީދާ ހަވާލުކުރައްވައިފައެވެ.

ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.

ޝަހީދު އަދާކުރައްވާފައިވާ ބައެއް އެހެން މަޤާމުތަކުގެ ތެރޭގައި އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމާއި ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމާއި ހައި ކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަޤާމު ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް