ބޭނުންވާ ތަކެތި:
2/1 ޖޯޑު ޕްލެއިން ޔޯގަޓް
4/1 ސައިސަމުސާ ބޭކިންގ ސޮޑާ
4/3 ޖޯޑު ހަކުރު
6 ސައިސަމުސާ ސަންފްލާވަރ ތެޔޮ
4/1 ޖޯޑު ކިރު
4/3 ޖޯޑު ފުށް
6 ސައިސަމުސާ ކޮކޯޕައުޑަރު
2/1 ސައިސަމުސާ ބޭކިންގ ޕައުޑަރު
މިލްކް ޗޮކްލެޓެއް
ތައްޔާރުކުރާނެ ގޮތް:
ތައްޓެއްގައި ޔޯގަޓާއި ބޭކިންގ ސޮޑާ އެއްކޮށްފައި މިނިޓެއްހާއިރު ބަހައްޓާށެވެ. އެއަށްފަހު އޭގެތެރެއަށް ހަކުރާއި ތެލާއި ކިރު އަޅައި އެއްކޮށްލާށެވެ. އޭގެތެރެއަށް ފުށާއި ކޮކޯ ޕައުޑަރާއި ބޭކިންގ ޕައުޑަރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ”5X“3 ހުންނަވަރުގެ (މައިކްރޯވޭވްއަށް ލެވޭކަހަލަ) ތައްޓަކަށް ފުށްގަނޑު އަޅާލާފައި މައިކްރޯވޭވްގައި 3 މިނިޓުވަންދެން ފިހެލާށެވެ. އެއަށްފަހު ނަގައި ޗޮކްލެޓް އޭގެމަތީގައި ބާއްވާފައި އަނެއްކާވެސް 2 މިނިޓުވަންދެން ފިހެލާށެވެ.
• ޗޮކްލެޓް އެއްކޮށް ނުބޭއްވޭނަމަ ބުރިބުރިކޮށްލާފައި އަތުރާވެސްލެވިދާނެއެވެ.
• މައިކްރޯވޭވް އަވަން ބަހައްޓާނީ ރެގިއުލާރ ހީޓްގައެވެ.