އެދޭކަމެއް ނުލިބުމަކީ އަދި މާ ފަހިކަންކަން ހާސިލްވުމަށް ހުޅުވޭ ދޮރަކަށްވެސް ވެދެއެވެ.

Loading

Facebook
Twitter
WhatsApp

ވަޒީފާއަކަށް ވަރަށް ބޮޑަށް ބޭނުން ވެފައިވާ ޒުވާނަކު އެއްދުވަހަކު ބޮޑު ކުންފުންޏަކުން އިއުލާންކުރި އޮފީސް ބޯއީ އެއްގެ ވަޒީފާއަށް އެދި ހުށައެޅިއެވެ.


އިންޓަރވިއު ކުރިޔަށް ދިޔައިރު، ޒުވާނާ ވަޒީފާއަށް އެކަށީގެންވޭތޯ ބެލުމަށް އޭނަލައްވާ އަމަލީ މަސައްކަތް ވެސް ކުރުވުމަށް އިންޓަރވިއު ކުރި އޮފީހުގެ ވެރިން ނިންމިއެވެ.މިގޮތުން އޮފީހުގެ ތަޅުންގަނޑު ކުނިކަހާ މޮޕް އެޅުމަށް އެދުނެވެ.
ޒުވާނާ އެއްވެސް ފަސް ޖެހުމެއް ނެތި ހަވާލު ކުރެވުނު މަސައްކަތް ވަރަށް ފުރިހަމަޔަށް ކޮށް ނިންމާލިއެވެ.އޭނާ މަސަކަތް ކުރިގޮތް ފެނި ވެރިން ވަރަށް ހިތްހަމަ ޖެހުމާއިގުޅިގެން ވަޒީފާ ދިނީ ކަމަށް ބުންޏެވެ.އަދި އީމެއިލް އެޑްރެސް ފޮނުވާލާށޭ އޭރުން ވަޒީފާ ދިންކަމުގެ ސިޓީ އާއި ތާރީހްތައް ފޮނުވާލާނެ ކަމަށް ބުންޏެވެ.
އެވަގުތު ޒުވާނާ ބުންޏެވެ.އަޅުގަނޑުގެ އީމެއިލް އެއް ނެތެވެ.މިހެން ބުނުމުން އޮފީހުގެ ވެރިޔާ ހައިރާންވެފައި ބުންޏެވެ.މިއަދުގެ މިއޮއް ތަހުޒީބު ޒަމާނުގައި އީމެއިލް އެޑްރެހެއް ނެތް މީހަކީ އުޅޭ މީހެއް ކަމަށްވެސް ނުބަލައެވެ.އެހެންވީމަ ނޫޅޭ މީހަކަށް އަހަރުން ވަޒީފާދޭނީ ކިހިނަކުން ހެއްޔެވެ.
ވަޒީފާ ނުލިބުމުން ޒުވާނާ ވަރަށް ބޮޑަށް މާޔޫސްވެ ހުރެ އެތަނުން ނިކުމެގެން ހިނގައިގަތެވެ.އޭރު އޭނާގެ ޖީބުގައި އޮތީ އެންމެ ދިހަ ޑޮލަރެވެ.ދެން ހަދާނެ ގޮތެއް ނޭނގި އޭނާގޮސް ސުޕަމާކެޓަކަށް ވަދެ ޓޮމާޓޯ ފޮއްޓެއް ގަތެވެ. އަދި ދޮރުން ދޮރަށް ހިނގަމުން ގޭގެޔަށް ޓޮމާޓޯ ވިއްކަން ފެށިއެވެ. މިގޮތުން ހުރިހާޓޮމާޓޯ ވިއްކާ ހުސްވިއިރު އޭނާ ޚަރަރު ކުރި 10 ޑޮލަރުގެ ބަދަލުގައި 20 ޑޮލަރު ލިބިއްޖެއެވެ.
ލިބުނު ނަތީޖާއާއި އެކު އޭނާގެ ހިތުގައި އުންމީދެއް އާވެގެން ދިޔައެވެ. އެހެން ކަމުން ދެވަނަ ދުވަހުވެސް ތިންވަނަ ދުވަހުވެސް އޭނާޓޮމާޓޯ ވިއްކަން ނިކުތެވެ.މިގޮތަށް މަސައްކަތް ކޮށް ލާރި ކޮޅެއް އެއްވުމުން އޭނާ ތަރުކާރީ އުފުލަން އަތްގާޑިޔަލެއް ގަތެވެ. ގާޑިޔާ ބޭނުން ކޮށްގެން މަސައްކަތް ކުރާތާ ދުވަސްކޮޅެއް ފަހުން ކުޑަ ޓްރަކެއް ގަނެވޭ ވަރުވެއްޖެ އެވެ.
އޭގެ ފަސްއަހަރު ފަހުން މުޅި އެހިސާބުގައިވެސް ނެތްވަރުގެ ތަރުކާރީ ފޮނުވާދޭ ކުންފުންޏެއް އޭނާގެ އޮތެވެ.
ފައިސާވެރިވެ އަތްމަތި ތަނަވަސް ވުމުން އޭނާގެ މުދާ އިންޝުއަރ ކުރަން ބޭނުންވިއެވެ.އަދި އިންޝުއަރެންސް އޮފީހަކަށް ގޮސް އޭނާބޭނުންވާ ކަންތަކުގެ ވާހަކަ ބުނެފިއެވެ.އެވަގުތު އެތާ އިން މީހާ ބުންޏެވެ.އީމެއިލް އެޑްރެހަކީ ކޮބާތޯއެވެ.މިހެން ބުނުމުން ޒުވާނާ ބުންޏެވެ.އަޅުގަނޑުގެ އީމެއިލް އެޑްރެހެއް ނެތެވެ. އެވަގުތު އިންޝުއަރެންސް އޮފީހުގަ އިން މީހާ ހައިރާން ވިއެވެ.އަދި ބުންޏެވެ. ތިޔަ ބުނަނީ މިފަދަ ބޮޑު ކުންފުންޏެއް ހެދީ އީމެއިލް އެއް ނެތި ކަމަށް ހެއްޔެވެ. އީމެއިލް އެޑްރެހެއް ހެދިނަމަ މިއަދު ހުންނާނީ ކިހާހިސާބެއްގައި ކަމެއްވެސް ނޭގޭ ނޫން ހެއްޔެވެ؟
ޒުވާނާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ.އަޅުގަނޑުގެ އީމެއިލް އެޑްރެހެއް ވީ ނަމަ އަޅުގަނޑު ހުންނާނީ އޮފީސް ބޯއީ އަކަށެވެ.
ބައެއްފަހަރު އެދޭކަމެއް ނުލިބުމަކީ އަދި މާ ފަހިކަންކަން ހާސިލްވުމަށް ހުޅުވޭ ދޮރަކަށްވެސް ވެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް