އެއްވުންތައް މަނާ ކުރިއަސް މުޒާހަރާ ކުރިއަށް ގެންދާނަން: ނަވާނަވައި

Loading

Facebook
Twitter
WhatsApp
Maldives News

އެންގުންތަކާއި ޚިލާފަށް އާންމުތަންތަނަށް އެއް ނުވުމަށް ފުލުުން އިލްތިމާސް ކުރިއަސް މާދަމާ މަޖިލިސް ކުރިމަތީގައި މުޒާހަރާ ބާއްވާނެ ކަމަށް ނަވާނަވައިން ބުނެފިއެވެ.

ރައްޔިތުންގެ ރުފިޔާއިން ބޮޑު މުސާރަ ނަގައިގެން ރައްޔިތުން އެންމެ ހާލުގައި ޖެހުނު ދުވަހު އެއްވެސް މަސައްކަތެއްނުކޮށް ސިޔާސީ ސަކަރާތް ޖެހުމުގަ ރެއާދުވާލު އުޅޭތަން ބަލަން ނުތިބޭނެ ކަމަށް ބުނ،ެ ނަވާނަވައިން މުޒާހަރާއެއް ބާއްވާނެކަން އިއުލާންކުރީ މީގެ ދެ ދުވަސް ކުރިންނެވެ.

“ މަޖިލިސް ހޭލައްވާ“ގެ ނަމުގައި ބާއްވާ މި މުޒާހާރާއާއި ގުޅިގެން ނަވާނަވައިން މިއަދު ބުނީ މުޒާހާރާ އަށް ނުކުންނަނީ ގޭގައި ތިބުން ރައްކާތެރިނޫން ހިސާބަށް ކަންތައް ދިޔައިމަކަމަށާއި މުޒާހަރާ ކުރާނީ ކޮވިޑް-19 އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅެއްވެސް އެޅުމާއެކު ކަމަށެެވެ.

“ މުޒާހަރާ އަށް ނުކުންނަން ނިންމީ ގޭގައި ތިބެވެންނެތިގެން. އަހަރެމެން މުޒާހަރާކުރާނީ ގައިދުރުކޮށް، މާސްކު އަޅައިގެން، މާދަމާ 8.30 ގައި މަޖިލިސް ކުރިމަތީގައި އަހަރެމެންގެ އަޑު އިއްވަން ތައްޔާރު“ ނަވާނަވައިން ބުންޏެވެ.

މިކަމާއި ގުޅިގެން ފުލުހުން އިޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދަނޑިވަޅުގައި އެއްވެއުޅެވޭނީ އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަނުވާގޮތަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ( އެޗްޕީއޭ) އިން  އަންގާފައިވާކަމަށެވެ. ނަމަވެސް މި އެންގުމާ ޚިލާފަށް ބައެއްފަރާތްކަކުން އެއްވުން ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އަދި މިފަދަ އެއްވުންތައް ނުބޭއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

“ އެހެންކަމުން އާންމު ސިއްޚަތުގެ ކުއްލިނުރައްކަލުގެ މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް އެއްނުވުމަށާއި އެންމެހައި ލޮބުވެތި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ ހުރިހާ ބޭފުޅުންވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކުރަމެވެ. “ ފުލުހުން ނެރުުނު ބަޔާނުގައި ވެއެވެ.

މިމުޒާހަރާ އޯގަނައިޒް ކުރުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9477309 އަށް ގުޅުއްވުމަށް ވެސް ނަވާނަވައިން އެދެއެވެ.

ނަވާނަވައި އަކީ ސިޔާސީ އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެކެވެ.  މީގެ ކުރިންވެސް އެމީހުންވަނީ މިފަދަ ހަރަކާތްތައް ބާއްވާފައެވެ. އެގޮތުން މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރަން ގޮވާލާ ސިޔާސީ ލީޑަރުންގެ ކުރިމަތީގައި ވެސް ވަނީ މުޒާހަރާއެއް ކޮށްފައިވެއެވެ.

Loading

One Response

  1. އެބައަކަށް ފެންނަގޮތެއް އެއީ މިގައުމުގެ ނިއު ނޯމަލް. ރައީސް މީހާއަށްވެސް ވަގަށްގޮވާ މުޑުދާރު ހަޔާތްވެސް ގޮވަންވީ ނޯ ޕްރޮބްލަމް. މަޖިލީހުގައި މާރާމާރީ ހިންގާ ކުނިފުޅަ ހަޔާތްގޮވާ ދައުލަތުގެ މުދަލަށްވެސް ގެއްލުންދޭންވީ. ނޯ ޕްރޮބްލަމް! ފުލުހުންގެ މީހާއާއި ޑިފެންސްފޯސްގެ ބޭފުޅުންނާއިވެސް މަގުމަތިން ދިމާކޮށްލާ ކުރުދޮށިން ދީ ބޯންދޭންވީ. ނޯ ޕްރޮބްލަމް! ސަރުކާރުގެ އެއްވެސް ފަރާތަކަށް ބޯނުލަބާ އުޅެންވީ. ނޯ ޕްރޮބްލަމް! މަޖިލިސް ގައުމުގެ ކުނިއުކުމާއިވެސް ހަވާލުވެ މައިކްރޯ މެނޭޖްމަންޓްގެ ވެރިޔާއަކަށް މަޖިލިސްގެ ރައީސް. ރައީސް ސޯލިޙަށް ނޯޕްރޮބްލަމް! އަޅެން ދެންފަހެ މި ނަވާނަވާ އެސަކަރާތުގައި ބައިވެރިވީމާ ކޮން ޕްރޮބްލަމް؟ ހަމަ ނޯ ޕްރޮބްލަމް އޯކޭނު؟ ގައުމުގެ އިއްޒަތެއްނެތް. މޮޔައެއްހެން އިއްޒަތްތެރި މެމްބަރުން ހަޔާތްގޮވާ މިޖިލިސްގައި އަވަދިނެތި. އެ އިއްޒްތްތެރި މެމްބަރު އަބަދު ހުންނާނީ ބޮއގެނޯ. ނޯ ޕްރޮބްލަމް! އަޅެ މީ ދައުލަތް ހިންގަން ހަވާލުވެތިބި ބުރާންތި ތަކެއްތަ؟ ދެން ޔާމީނު ބޮޑުތަނުން ވައްކަންކޮށް ރިލުވާނު ގެއްލުމުގައި އޭނާގެ އަތެއްވާކަމަށް ވިދާޅުވެ އެހާ ޕްރޮބްލަމް ވީ ކީއްވެ؟ އެއިރު ހިނގާ ހުރިހާކަމެއް ޕްރޮބްލަމް މިހާރު ނޯ ޕްރޮބްލަމް! މިއީ އަރަތެއްނު!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް