ބޭނުންވާ ތަކެތި:
4 ދޮންއަނބު
1 ޖޯޑު ސާގު (ކައްކައި ފެން ފުރާނާފައިހުރި)
ބައިޖޯޑު ކާށިކިރު
3މލ ވެނީލާ އެސެންސް
3މލ މެންގޯ އެސެންސް
ރީނދޫ ކުލަ (ކުލަ ހިފާވަރަށް)
ތައްޔާރުކުރާނެ ގޮތް:
2 އަނބު ބޮޑެތިކޮށް ކޮށާލުމަށްފަހު ކާށިކިރު، އެސެންސް އަދި ކުލަ އަޅައިގެން މިކްސަރުން ގިރާލާށެވެ. ގިރާފައިހުރި ސާމާނު ސާގުތެރެއަށް އަޅައި އެއްކޮށްލާށެވެ. އަނެއް 2 އަނބު ކުދިކޮށް ކޮށާލާފައި އޭގެމަތީގައި އަތުރާލާށެވެ. ގާތްގަނޑަކަށް 4 ގަޑިއެއްހާއިރު އައިސްއަލަމާރީގައި ފިނިކޮށްލަން ބަހައްޓާށެވެ.
- ބޭނުންނަމަ މެންގޯ ޖެލީ އަދި ކޮކޮނަޓް ޖެލީވެސް ކޮށާލާފައި މިއަށް އެއްކޮށްލެވިދާނެއެވެ.
- ކާށިކިރުގެ ބަދަލުގައި ގެރިކިރު ނުވަތަ ދިޔާ ކިރުވެސް ބޭނުންކުރެވިދާނެއެވެ.