ބޭނުންވާ ތަކެތި:
4 ދޮންއަނބު (ދިވެހި އަނބު)
1 ދަޅު ގެރިކިރު
3މލ ވެނީލާ އެސެންސް
1 ޖޯޑު ފެން
2 ސައިސަމުސާ ޒުވާރިފުށް (ކޯރން ފްލާރ)
ތައްޔާރުކުރާނެ ގޮތް:
އަނބު ކޮށާލުމަށްފަހު ބައިޖޯޑު ފެން އަޅައިގެން މިކްސަރުން މުގުރާލާށެވެ. ބައި ޖޯޑު ފެނާއި ގެރިކިރު އަދި ވެނީލާ އެސެންސް އަޅައިގެން މަޑުގިނީގައި އަނބު ކައްކާލާށެވެ. ކެކިގަތުމުން ފެންފޮދެއްގައި ކޯރން ފްލާރ ގިރާލާފައި އަޅާލާށެވެ. އޮލަވުމުން ބާލާފައި ތައްޓެއް ނުވަތަ ތަބަކަކަށް އެޅުމަށްފަހު އައިސްއަލަމާރީގައި ބަހައްޓާށެވެ. 4 ގަޑިއެއްހާއިރު ފަހުން ހުންނާނީ ޕުޑިންގ ތައްޔާރުވެފައެވެ.
އައިސްކްރީމް ނުވަތަ މޭވާކޮޅަކާއެކު ކާލަންވެސް މި ޕުޑިންގ މީރުވާނެއެވެ. ކޭކު މައްޗަށް އަޅާލައިގެން ވެސް ބޭނުންކޮށްލެވޭނެއެވެ.