ބޭނުންވާ ތަކެތި:
1200ގ ކުކުޅެއް
2 މޭޒުމަތީސަމުސާ ލޮނުމިރުސް ހަވާދު
1 އިންޗީގެ އިނގުރުކޮޅެއް
ބައި ޖޯޑު ކޮތަނބިރިފަތް (ބޮޑެތިކޮށް ކޮށާފައި)
1 ސައިސަމުސާ ބަޓަރު
ލުނބޯ ކިބައެއްގެ ހުތް
މެދުސައިޒުގެ ފިޔައެއް
3 ލޮނުމެދު
1 ތޮޅިމިރުސް
1 ޓޮމާޓޯ
1 ސައިސަމުސާ ލޮނު
ތައްޔާރުކުރާނެ ގޮތް:
ކުކުޅުގެ ހަންދަމައި ސާފުކޮށްލާށެވެ. ފައިގެ ހުޅާދިމާއިން މަސްގަނޑު ކަފާލާށެވެ. ފުރަގަހުން ފިޔަގަނޑާ ގުޅޭ ހިސާބުންވެސް ވަކިކޮށްލާށެވެ. މިހާރު ކުކުޅު ރީތިކޮށް ފަތުރާލެވޭނެއެވެ. ކުކުޅުގައި 1 އިންޗި ދުރުމިނުގައި ޅިޔައަޅާށެވެ. ބައި ސައިސަމުސާ ހުންނަހާ ލޮނުކޮޅެއް ކުކުޅުގައި ހާކާލާށެވެ.
ލޮނުމިރުސްހަވާދު ފިޔަވައި ހުރިހާ ބާވަތްތައް ފުނޑާލާށެވެ. ފުނޑި އެއްޗެހީގެ ތެރެއަށް ލޮނުމިރުސްހަވާދާއި ލުނބޯހުތާއި ލޮނު އަޅައި އެއްކޮށްލާށެވެ. ކުކުޅުގައި މިރުސްގަނޑު ހާކާލާށެވެ. ގަޑިއެއްހާއިރު ބެހެއްޓުމަށްފަހު 230 ޑިގްރީގައި 1 ގަޑިއިރުވަންދެން އަވަނުން ފިހެލާށެވެ.
ފަރާޓާއެކު ނުވަތަ ބަތާއެކު މި ކުކުޅު މީރުވާނެއެވެ.
ކުޅިކޮށް ކާން ބޭނުންނަމަ މިރުސް އިތުރުކޮށްލެވިދާނެއެވެ.