ސައުދި އަރަބިއްޔާއިން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާ ކޮށްފިއެެވެ.
އެ ގައުމުން ވަނީ އެހެނިހެން އަހަަރުތަކެކޭވެސް އެއްގޮތަށް މި ރަމަޟާންމަސް ފެށުމުގެ ކުރިންވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކޮށްފައެވެ.
އެ ފަހަރު ހަދިޔާކޮށްފައި ވަނީ 50 ޓަނުގެ ކަދުރެވެ.

މިގޮތުން މި ފަހުން ހަދިޔާކުރި 10 ޓަނުގެ ކަދުރު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މިކަމަށްޓަކައި އެ މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.