ރާއްޖެއަށް ޑްރަގް އެތެރެކުރި ދިވެއްސަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ވައިގެ މަގުން އޭނާ ރާއްޖެއައި އިރު ގެނައި ކަރުދާސް ފޮށިގަނޑެއް ބަލައި ފާސްކުރިއިރު ދެ ފުޅިއެއް ފެނިފައި ވާއިރު އެއްފުޅީގެ ތެރެއިން 480.8 ގްރާމުގެ ކެނެބިސް އާއި އިތުރު ފުޅިއެއްގެ ތެރެއިން 481.9 ގްރާމު ކެނެބިސް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ ދައުލަތާއި އެ މީހާއާ ދެމެދު ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން، އޭނާ ކުށަށް އިއުތިރާފްވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 50،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.