މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އަޒާން ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިކަން ހާމަކުރައްވާ އެ ދެ ކޮމިޓީއަށް ގެނައި ބަދަލުތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން އެ ދެ ކޮމިޓީން ވަކިކޮށް އިމްތިޔާާޒާ ސުލޫކު ކޮމިޓީއާ، ޕެޓިޝަން ކޮމިޓީގައި ހުންނެވި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައި އަޒާން ވަނީ އެ ދެ ކޮމިޓީއަށް ހަމަޖައްސާފައެވެ.

ހަމައެހެންމެ މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އައިފާން އެވެ. މީގެ އިތުރުން 241 ކޮމިޓީއަށް އަޒާނުގެ ބަދަލުގައި ވިލިމާލޭގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ ހަމަޖައްސާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް