ރަހަފަތް:ލޮނުމިރުހުލީ ކުކުޅު

Loading

March 1, 2025
profile
Facebook
Twitter
WhatsApp

ބޭނުންވާ ތަކެތި:

1 ކިލޯ ކުކުޅު (ކަށި ނަގާފައި)

2 މޭޒުމަތީސަމުސާ ފުނޑި ލޮނުމިރުސް

1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް

1 ސައިސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީސަމުސާ ބަޓަރު

ލުނބޯ ކިބައެއްގެ ހުތް

މެދުސައިޒުގެ 2 ބޮޑުމިރުސް (ބެލްޕެޕަރ)

ތައްޔާރުކުރާނެ ގޮތް:

ކުކުޅު ކޮށާލާފައި ދޮވެލާށެވެ. ލޮނުމިރުހާއި ޓޮމާޓޯ ޕޭސްޓާއި ލުނބޯހުތާއި ސޯޔާ ސޯސް އަދި ބަޓަރު އެއްކުރުމަށްފަހު ކުކުޅުތަކުގައި ރަނގަޅަށް ހާކާލާށެވެ. 

ތަވައެއް ހޫނުކުރުމަށްފަހު ކުކުޅުތައް ތަވަޔަށް އަޅާލާށެވެ. ގަދަ ގިނީގައި 1 މިނިޓުވަންދެން ކެއްކުމަށްފަހު ކުކުޅުތައް ފުށުންޖަހާލައި ހަލުވާލާށެވެ. 1 މިނިޓު ފަހުން ގިނި މަޑުކޮށްލާށެވެ. ފުލުގައި ހިފިޔަނުދިނުމަށްޓަކައި ދޭތެރެއަކުން ކުކުޅުތައް ހަލުވާލަންވާނެއެވެ. 10 މިނިޓުވަންދެން ބެހެއްޓުމަށްފަހު ތަރުކާރީކޮޅު އަޅާލާށެވެ. އެއަށްފަހު 3 މިނިޓުވުމުން އުނދުންމަތިން ބާލާށެވެ.

ޒީނަތްތެރި ކޮށްލުމަށާއި ރަހަ އިތުރަށް މީރުކޮށްލުމަށް ކޮތަނބިރިފަތް (ކޮރިއަންޑާ ލީވްސް) ކޮށާލާފައި މައްޗަށް ބުރުވާލެވިދާނެއެވެ. ބަތް، ރޮށި އަދި ސްޕެގެޓީއާއެކު ކާލަންވެސް މިއީ ވަރަށް މީރު ކުކުޅެކެވެ.

ނޯޓް: 

  • ކައްޓާއެކުވެސް ކުކުޅު މިގޮތަށް ހެދިދާނެއެވެ. ކައްޓާއެކު ކައްކާނަމަ ގާތްގަނޑަކަށް 25-30 މިނިޓުވަންދެން ކައްކާލަންވާނެއެވެ.
  • ހިކިކޮށް ކަމުނުދާނަމަ ކާށިކިރު ނުވަތަ ކްރީމްކޮޅެއް އަޅާލެވިދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް