ފްލެޓު ލިބޭ މީހުންގެ ލިސްޓް އިއުލާންކޮށްފި

Loading

February 27, 2025
sandhaanu news
Facebook
Twitter
WhatsApp

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު 4000 މީހުނަކީ ޝަރުތުހަމަވާ މީހުންތޯ ބެލުމަށްފަހު މިއަދު އާންްމު ކުރި ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1423 ފަރާތެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 ފަރާތެކެވެ. އަދި ބާކީ ހުރި ފްލެޓްތައް ލިބޭ މީހުން ކަނޑައަޅާނީ މި މަޝްރޫއުއަށް ކުރިމަތިލި 15،000 މީހުންގެ ފޯމުތައް ރިވިއު ކުރުމަށްފަހު ކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުރީގެ ލިސްޓުން 2695 ފަރާތެއްގެ ފޯމު ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާއިރު 424 ފަރާތެއް ޕޮއިންޓަށް އައި ބަދަލާއެކު ފްލެޓް ލިބޭ ލިސްޓުން ވަނީ އުނިވެފައެވެ.

މީގެ އިތުރުން މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މި ފެށޭ މާރިޗު މަހުގެ 1 އިން މާރިޗު މަހުގެ 31 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް