ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ދުނިޔޭގެ އެންމެހައި ގައުމުތަކަށް މަޖުބޫރުކޮށްގެން 2019 ވަނަ އަހަރު ކޮވިޑު ވެކްސިން ވަނީ އެންމެހާ އިންސާނުންނަށް ދީ ނިންމާލާފައެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަށް ވާން މަސައްކަތް ކުރާ ސީނުކަރައިގެ ސިޔާސީ ކޮވިޑަކީ އެ ގައުމުން އުފެއްދި ވަބާއެއްތޯ ވެސް ބެލުމެއްނެތި އަދި އެ ބަލި އުފެދެން މެދުވެރިވި ޙަގީގީސަބަބު ވެސް ދެނެގަތުމަކާ ނުލާ ކުރަންޖެހޭ ރަސްމީ ތަޙުލީތައް ހަގީގީ މާނައިގައި ވެސް ނުކޮށް އެ ވެކްސިން އެ ވަނީ މުޅި ދުނިޔެއަށް ބޯންދީފައެވެ. މިހާރު ދުނިޔޭގެ ގައުމުތަކުގެ އެކި އެކި ސައިންޓިފިކް ދިރާސާތަކުން ސާބިތު ވަމުން އެ ދަނީ ކޮވިޑުން ސަލާމަތްވުމުގެ ނަމުގައި ދިން އެ ވެކްސިނަކީ ނުރައްކާތެރި ވެކްސިނެއް ކަމަށެވެ.
ކަން މިހެން ހުރިނަމަވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި ދުނިޔޭގެ ދެންވެސް ހުރި ސިއްޙަތު ޖަމިއްޔާތަކުން މަޑުން އެތިބީ އިންސާނިއްޔަތަށް ދެވުނު ފޫނުބެއްދޭވަރު އަނިޔާއާއި މެދު ޖެހިލުންވެ ލަދުން އިސްއުފުލަން ނުކެރިފައި ބާވައެވެ. މިއީ މި ކަމާއި ގުޅިގެން އަޅުގަނޑުގެ ހިތުގައި އުފެދެމުން އަންނަ ހިތަަށް ތަދުވާ ޝުޢޫރުތައް ސިއްރުނުކުރެވުނު ހިނދު ހާމަ ކޮށްލަން ހިތް ކުރާ އާދޭހެވެ. ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ކޮވިޑުގެ ވެކްސިން މިހާރުވަނީ އެކިގޮތްގޮތަށް ތަޙުލީލު ކުރެވި އޭގެ ނުރައްކާތެރިކަން ހުރި މިންވަރު ހާމަކުރަމުންނެވެ.
މިދެންނެވި ވެކްސިންގެ ޒަރީޢާއާއިން ދުނިޔޭގެގައި ސްޓްރޯކް ޖެހެމުންދާމީހުން އިތުރުވެ އެ ބަލީގައި މި ދުނިޔެއާ ވަކިވަމުންދާ އިންސާނުންގެ ޢަދަދު އިތުރުވަމުންދަކަން އެކި ގައުމުތަކުން ދަނީ ޖެހިލުމެއްމެއްނެތި ބުނަމުންނެވެ.
އަޅުގަނޑު އިންދިރާގާނދީ މެމޯރިޔަލް ހޮސްޕިޓަލުގައި މިއޮތް ފަނަރަވަރަކަށް ދުވަހުގެ ތެރޭގައި ސްޓްރޯކް ޖެހިގެންނާއި ހާރޓްއެޓޭކް ޖެހިގެން އެކު ޖުމްލަ 8 މީހުން މި ދުނިޔެ ދޫކޮށްފިއެވެ. އަނެއްކޮޅުން ސްޓްރޯކް ޖެހިގެން ފަރުވާދެމުން ދިއުމުގެ ތެރޭގައި ދެވަނަ ސްޓްރޯކް ޖެހި ސިކުނޑި ފަޅައިގެންގޮސް މަރުވާ މީހުން ވެސް ފެންނަމުން ދެއެވެ.މިފަދަ ބިރުވެރިކަމާ ނާމާންކަމާ ނުރައްކާތެރިކަން ދުނިޔެ ތަޙަންމަލް ކުރަމުން އަންނައިރު ރާއްޖޭގެ ސިއްޙަތު ޖަމިއްޔާ ވެސް އޮތީ ދެލޯ މަރައިގެންނެވެ. މަގުތަކަށް ޓީމުތައްނެރެ ކޮވިޑު ވެކްސިންތައް ރައްޔިތުންގެ ގަޔަށް މަޖުބޫރުކޮށްގެން ޖަހާފައި ވާއިރު ދުނިޔޭގެ ގައުމުތަކުން އެ ދައްކާ ވާހަކަތަކުގެ ސަބަބުން ރައްޔިތުން ހިތްތަކަށް ވަންނަމުންދާ ބިރުތަކަށް ޙައްލެއް ހޯދައި ދޭން އުޅޭތަނެއް ވެސް ނުފެނުމަކީ ފެންކަޅިވަމުން އަންނަ ކަމެކެވެ. ސްޓްރޯކް ޖެހެނީ ލޭ އޮލަވެގެން ކަމަށް ވާއިރު ރައްޔިތުންގެ ހަށިތަކުގައި ސްޓްރޯކް ނުޖެހޭ މިންވަރުގައި ލޭގެ އޮލަ ތުނިމިން ބަހައްޓައި ދިނުމަކީ ރާއްޖޭގެ ސިއްޙަތު ޖަމިއްޔާއަށް ނުކުރެވޭނެ ކަމެއް ހެއްޔެވެ؟
ރާއްޖޭގެ ސިއްހަތާއި ބެހޭ ވަޒީރެވެ! އަޅުގަނޑުމެންގެ އާބާދީ އަކީ 1980 ގެ އަހަރަތަކުން ފެށިގެން ކުރިއަށްޖަހާފައިވާ އާބާދީ އެކެވެ. ނަމަވެސް މިހާރު ރާއްޖޭގެ ސިއްޙީކަންކަން ކުރިއަށް މިދާގޮތުން ޒުވާނުންނާއި 60 އަހަރު ނުވާ މީހުން ސްޓްރޯކު ޖެހިގެންނާ ހިތްހުއްޓިގެން މަރުވާ ރޭޓު އިތުރުވާން ފަށައިފިނަމަ މުޖުތަމަޢު ގިލަންވެރި އެތަކެއް ހިތާމަތައް ތަޙައްމަލް ކުރަންޖެހިދާނެއެވެ. އެހެން ކަމާއެކު ސިއްޙީ ވަޒީރުގެ އަރިހުގައި ދިވެހި އުންމަތުގެ ފަރުދެއްގެ ޙައިސިއްޔަތުން ދަންނަވަން ބޭނުން ވަނީ އިސްވެބަޔާން ކުރެވުނު ނުރައްކާތެރި ބިރުވެރި ބަލިތަކުގެ ޝިކާރައަކަށް ވިޔަ ނުދީ ސަލާމަތް ކޮށް ދެއްވުމަށެވެ. ލޭ އޮލަވެގެން ޖެހޭ ސްޓްރޯކްތަކުން މި އުންމަތް ސަލާމަތް ކޮށް ދިނުމަށެވެ.ރައްޔިތުން ދިރި ތިބޭނީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބެގެންނޫންތޯއެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ފެށިގެން އައި އިރު ރާއްޖޭގެ އާބާދީ އަކ ގާތްގަނޑަކަށް ފަސްދޮޅަހަކަށް ހާހެވެ. އޭރު ރާއްޖޭގެ އާބާދީ ބޮޑެތި ރައްތަކުގައި ދިރިއުޅެނީ ހާހުން ތިރީގެ ރައްޔިތުންނެވެ. އެހެނަސް މާތް ﷲގެ ހެޔޮ ރަހުމަތާއެކު ރާއްޖޭގެ ސިއްޙީ ނިޒާމަށް އައި ކުރިއެރުންތަކާއެކު މިއަދު ރާއްޖޭގެ އާބާދީ އެ ވަނީ ފަސްލައްކައަށް އަރާފައެވެ.އެހެން ކަމާއެކު ރައްޔިތުންނަށް ވާނުވާ ސިއްރު ނުކުރައްވާ އިތުރުވަމުން މިދާ ނުރައްކާތެރި ބަލިތަކުން ދިވެހި އުންމަތް ސަލާމަތް ކޮށްދިނުމަށް ގޮވާލަމެވެ.