ދ. ބަނޑިދޫގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ އައިސްޕްލާންޓުގެ ބިންގާ އަޅައިފިއެވެ.
ބަނޑިދޫ އައިސްޕްލާންޓުގެ ބިންގާއަޅުއްވާ ދެއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ދ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ބަނޑިދުއަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
މިއީ 30 ޓަނުގެ އައިސް އަދި 50 ޓަނުގެ ސްޓޯރޭޖަކާ އެކު ހަދާ އައިސްޕްލާންޓެކެވެ.ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ހިންގާ އެ މަޝްރޫއު ހަވާލުކޮަށްފައި ވަނީ 240 ދުވަހުން ނިންމާ ގޮތަށެެވެ.