އެ ބިރުވެރި ރޭ

Loading

February 24, 2025
profile
Facebook
Twitter
WhatsApp

މިރޭވެސް ހަމަ އެއްކަލަ ގަޑީގައި އެއިވެންފެށީ އެ ބިރުވެރި އަޑެވެ. އެ އަޑު ކޮންމެ ރެއަކުވެސް ބާރަ ޖަހާއިރު އިވެއެވެ. ކަރަންޓު ކެނޑުނެވެ. އެހެން ރޭރޭވެސް ބާރައިގެފަހުން ކަރަންޓު ކެނޑެއެވެ. އެހެންވެ މިރޭ އެނދުމަތީގައި އޮތީ އުށްބައްތިއެއް ހިފައިގެންނެވެ.
އުށްބައްތިއާއި ފިހިގަނޑު ހިފައިގެން އަހަރެން ކޮޓަރި ހުޅުވީމެވެ. އެވަގުތު ފެނުނު މަންޒަރަކުން ބިރުން ފުންމައިގެން ކައިރީގައި ހުރި ގޮނޑިއަށް އެރުނެވެ. އަހަރެންނަށް ފެނުނީ ރަތްކުލައިގެ ލޯތަކެކެވެ. އަނދިރިގަނޑުތެރޭން އަހަރެންނާ ދިމާއަށް ބަލަންތިއްބައެވެ. އުށްބައްތި ދިއްލާލާފައި ބަލައިލީމެވެ. އަހަރެންނަށް ފެނުނީ ހަތަރު މީދަލެވެ.


އަނެއް ދުވަހު މަންމަ ގާތުގައި ބުނެގެން މީދާބޭސް ލީމެވެ. އޭގެ ފަހުން އެ މީދާތަކެއް ނާދެއެވެ. އެއްކަލަ ބިރުވެރި އަޑުވެސް އިވުން ކެނޑިއްޖެއެވެ. އޭގެ ފަހުން އަހަރެންނަށް އަރާމުގައި ނިދާލެވެއެވެ.
އަނެއްކާވެސް ދުވަސްކޮޅެއްގެ ފަހެވެ. މިފަހަރު ފާޚާނާތެރޭން ފާޑެއްގެ އަޑެއް އިވެންފެށިއެވެ. ފެންތިކިޖަހާ ކަހަލަ އަޑެކެވެ. ވަރަށް ބަލައިގެންވެސް އެއީ ކިހިނެއްވެގެން އިވޭ އަޑެއްކަމެއް ނޭނގުނެވެ. ހޮޅިއެއް އެއްޗެއް ފަޅައިގެންގޮސް ތިކިޖަހާތަނެއް ފެންނާކަށްނެތެވެ. ދެން ހަނދާންވީ ކުރީދުވަހު ވަރަށް ބޯކޮށް ވިއްސާރަ ވެހުނުކަމެވެ. އެވާނީ ފުރާޅުމަތީގައި ހަރުލާފައިހުރި ފެން އަދިވެސް ފައިބާ ހުސްނުވަނީ ކަމަށެވެ.
އެކަމަކުވެސް އަދިވެސް އަހަރެން އިތުރަށް ބަލައިލަން ހިތަށްއެރިއެވެ. އެހެންވެ މަތީ ފުލޯއަށް ގޮސްފައި ދޮންނަމެޝިނުގެ ހޮޅި ބަލައިލީމެވެ. ތިކިޖަހާ ތަނެއް ފެންނާކަށް ނެތެވެ. ނަމަވެސް ތަޅުންގަނޑުމަތީގައި ވަރަށް ބައިވަރު ފެން ހުއްޓެވެ. ދެން ބަލައިލީ މެޝިނުގެ ދަށުގައި އޮންނަ ހޮޅިއެވެ. ކަމަކުދާކަށްނެތެވެ. އެ ހޮޅި އޮތީ ބަރަށް ބޮޑަށް ކާލާފައެވެ. ޔަގީނެވެ. އަނެއްކާވެސް އެ މީދާތައް އައީއެވެ. ތިރީބަޔަށް ބޭސްލުމުން މިހާރު އެ ދިރިއުޅެނީ މިތަނުގެ މަތީގައެވެ.
ދޮންނަމެޝިނުގެ ހޮޅި އާކޮށްފައި މަތީ ފުލޯއަށްވެސް ބޭސް ލައިފީމެވެ. އޭގެފަހުން އެ މީދާތަކެއް މިގެއަކަށް ނާދެއެވެ.

ނޯޓް:“މިއީ އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑަށް ހަދިޔާކޮށްފައިވާ ވާހަކައެކެވެ.“

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް