މި ރޯދަމަހުވެސް ފެނާއި ކަރަންޓު ބިލުން ސަރުކާރުން ޑިސްކައުންޓު ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރައްވާފައި ވަނީ ދ. އަތޮޅަށް މިއަދު ހަވީރު ފެއްޓެވި ދަތުރުފުުގައި މިރޭ ކުޑަހުވަދޫގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ މި އަހަރުވެސް ފެނާއި ކަރަންޓު ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެ ކަމަށެވެ.އަދި އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ މި ސަރުކާރުން މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް ބަހާ މަސްދަޅު ކޭހުގެ ހަރަދުގެ ބަދަލަށް ކަރަންޓާއި ފެނުގެ ބިލްތައް ސަރުކާރުން ބޮޑު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ.