ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް!

Loading

Facebook
Twitter
WhatsApp

ރ.އަތޮޅު ކައުންސިލަށް ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ސިހުރު ހަދާކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ، ރ. އުނގޫފާރު، މުހައްމަދު އަމްޖަދު (61އ) އަދި
ނަސީމީ ހިޔާ، ރ. އުނގޫފާރު، މުހައްމަދު ވަހީދު (67އ) އެވެ.

ރ.އަތޮޅު ކައުންސިލުގެ އިދާރާއަށް ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރުގެ ދަށުން އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ފުލުހުން މިހާރު އަމަލުކުރާ އުސޫލުގެ ދަށުން އެ ދެ މީހުންގެ ވަނަވަރުވެސް ހިއްސާކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރ.އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހަދާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވާއިރު އުނގޫފާރުގައި ހުންނަ ރ.އަތޮޅު ކައުންސިލުގެ އިދާރާ ގޯތި ތެރެއަށް ސިހުރު ހަދަނިކޮށް ފެންނަ ކަމަށް ބުނެ ވީޑިއޯއެއް ވެސް ވަނީ މީސް މީޑިއާގައި އާންމުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް