ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި

Loading

Facebook
Twitter
WhatsApp

ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މާލޭގެ މަގެއް މަތީގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުގައި މަސްތުވާތަކެތި ހުރިކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

2025 ފެބްރުވަރީ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ސައިކަލު މަޑިދަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 1 ކިލޯއަށްވުރެ ގިނަ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

މަސްތުވާތަކެތި ފެނުނު ސައިކަލު ޓޯވކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް