މިލިޓްރީ އިންޒާރުތަކުން އީރާނަށް ސިހުން ނުގެނެވޭނެކަން އެނގުމުން އީރާނުގެ ދުޝްމިނުން މިހާރު ”ސޯފްޓް ވޯރ“ ގެ އުކުޅުތައް ބޭނުންކޮށްގެން އެންމެ ފަހުން އެ ދިމާކުރީ ގައުމުގެ ރައްޔިތުން ބައިބައިކުރުވަން ކަމަށް ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި ވިދާޅު ވެއްޖެއެވެ. އީރާނުގެ ދުޝްމަނުންކަމުގައި އިޝާރާތް ކުރައްވާފައި އެވަނީ އެމެރިކާއަށާއި އިސްރާއީލަށެވެ.
ސުޕްރީމް ލީޑަރުގެ މި ބަޔާން އައިސްފައި މިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ އިސްރާއީލަށް ވަޑައިގަތުމާއި އަދި އެމެރިކާއިން ފޮނުވި ބިޔަ ހަތިޔާރު ޝިޕްމެންޓް އިސްރާއީލަށް ލިބުނުތާ އެއް ދުވަސް ފަހުންނެވެ.
މިދިޔަ އާދީއްތަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބުނެފައިވަނީ އީރާނުގެ އެކްސިސް އޮފް ރެޒިސްޓޭންސް މިހާރު އޮންނާނީ ނިކަމެތި ކޮށްލާފައި ކަމަށާއި ރައީސް ޓްރަމްޕް ގެ އެހީއާއި މަދަދާއެކު އީރާނުން ދެން ދުވަހަކުވެސް ކޮޅަށް ނުތެދުވޭވަރަށް ބަލިކަށިކޮށްލާނެ ކަމަށެވެ.
ޚާމަނާއިގެ ވާހަކަފުޅުގައި އިގްތިސާދީގޮތުން ދިމާވެފައިވާ ހުރަސްތަކުގެ ސަބަބުން އީރާނަށް ދަތި އުނދަގޫ ހާލަތަކާ ކުރިމަވެފައިވާކަމަށް އެއްބަސްވެ ވަޑައިގެންނެވިއެވެ. ރައީސް ޓްރަމްޕް ގެ 2 ވަނަ ރިޔާސަތު ފެށުމާއެކު އީރާނުގެ އިގްތިސާދަށް ދަތިކުރެވޭނެ ހުރިހާ ދިމާއަކުން ވަނީ ފިޔަވަޅު އަޅާފައެވެ. ދާދިފަހުން ރައީސް ޓްރަމްޕް ވަނީ އީރާނާއެކު އެއްބަސްވުމަކަށް އައުމުގެ އިޝާރާތެއް ކޮށްފައެވެ. އެހެންނަމަވެސް ރައީސް ޓްރަމްޕްގެ ވިދާޅުވުމާ ބެހޭގޮތުން ޚާމަނާއި ވިދާޅުވެފައިވަނީ އެމެރިކާއާއިއެކު މަޝްވަރާކޮށްގެންއެއްވެސް ކަމެއްގައި ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށެވެ.
މިލިޓްރީގޮތުން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުން ގެންދާ އިންޒާރަކީ އަދި މިދިޔަ އާދީއްތަ ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު ނަތަންޔާހޫއާއެކު ދެއްކެވި ވާހަކައިގާ އީރާނުގެ ނިއުކްލިއަރ މަޝްރޫއު ކާމިޔާބު ކުރިޔަ ނުދޭނެ ކަމަށާއި މެދު އިރުމަތީގައި ފުޅާކުރަމުން ގެންދާ އީރާނުގެ ނުފޫޒު ކަކުލުހުޅުން ބިންދާލާނެ ކަމަށްބުނެ ދިން އިންޒާރަކީ ބައިނަލް އަގްވާމީ ގާނޫނާ ޚިލާފުވުން ފިޔަވައި އެއްވެސް ބުރަދަނެއް ހުރި އިންޒާރެއް ނޫންކަމަށްވެސް ޚާމަނާއި ވިދާޅުވިއެވެ.
ކޮންމެ ހަފުތާއެއްގައި މީޑިއާއަށް ދެއްވާ ބަސްދީ ގަތުމުގައި މިދިޔަ ހޯމަ ދުވަހު އީރާން ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބާޣެރީ ވިދާޅުވީ އެމެރިކާއާއި އިސްރާއީލު ގުޅިގެންވިޔަސް އީރާނަށް މިލިޓްރީ ގޮތުން ދެވިދާނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށެވެ. އީރާނަކީ މިހާރު މިލިޓްރީގޮތުން ބަލިކަށި ގައުމެއް ނޫންކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
އިސްމާއީލް ބާޣެރީ އެގޮތަށް ވިދާޅުވި ނަމަވެސް އެކްސިސް އޮފް ރެޒިސްޓޭންސް ބަލިކަށި ވުމަކީ އީރާނަށް ލިބިފައިވާ ނިކަމެތި ކަމެއް ކަމުގައި ތަޖްރިބާކާރުން ދެކޭ ކަމަށް ރޮއިޓާރސް އިން ބުނެފައި ވެއެވެ.
2 Responses
Lathu hayaathu ge kanfusjeh laa insaanee amalu that hingaa meehun kiyaavfane komme echcheh ves.
,އީރާން ވަރެއް ނެތެވެ. ދެން އިސްލާމީ ދުނިޔޭގައި ތިބީ އެމެރިކާގެ އަޅުންނެވެ. އީރާނުގެ މަދަދު ހުޅުވާލެވިގެން ފަލަސްތީނަށް ނުދިން ނަމަ މިއަދު ގާޒާ އޮންނާނީ އިޒްރޭލުގެ އަތްދަށުގައި އެނެކްސް ކޮށްފައިވެ.