ކުރިން ސިޒޭރިއަން ހެދި އަންހެނަކު ފޫޅުމައިންގެ އެހީގައި ވިއްސައިފި

Loading

Facebook
Twitter
WhatsApp
Maldives News

ކުރިން ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގައިފައިވާ އައްޑޫސިޓީގެ އަންހެނެއްގެ ދަރިފުޅު ތަޖުރިބާކާރު ފޫޅުމައިންގެ އެހީއާއެކު ބުދަދުވަހު އިކްއެޓޯރިއަލް ހޮސްޕިޓަލު ( އޭއީއެޗް)ގައި ވިއްސައިފިއެވެ.

އައްޑޫސިޓީގައި އަލަށް ހުޅުވި އޭއީއެޗް އިން ވިދާޅުވީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުން މި އަންހެންމީހާ ވިއްސާފައިވަނީ އެސިޓީގެ ފޫޅުމައިންގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންކަމަށެވެ.

މި އަންހެންމީހާ ވިއެމުގެ ތެރޭގައި މާ އުދަގޫގޮތްތަކެއް ދިމާނުވާކަމަށާއި މައިމީހާ އާއި އާއި ދަރިފުޅުގެ ހާލު ވެސް ރަގަޅުކަމަށް އެ ހޮސްޕިޓާލުން މައުލޫމާތު ދެއެވެ.

މިއީ ފޫޅުމައިންގެ އެހީއާއެކު މިގޮތަށް ރާއްޖޭގައި އަންހެނަކު ވިއްސިކަން ހާމަކުރި ފުރަތަމަފަހަރެވެ. ނަމަވެސް ރާއްޖޭގައި މީގެކުރިންވެސް ސިޒޭރިއަން ހަދައިފައިވާ މީހުން ވިހައެވެ. އެއީ ވެސް މަދުފަހަރެކެވެ.

އޭއީއެޗްކީ 2011 ގައި އައްޑޫސިޓީގައި 17 ވަނަ ސާކް ސަމިޓްބާއްވަން އިމާރާތްކުރި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ( އީސީސީ) ގައި ހަދާފައިވާ ހޮސްޕިޓަލެކެވެ. ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލައި އެތަނުން ދެމުންއައި ޚިދުމަތްތައް ވެސް ވަނީ އޭއީއެޗަށް ބަދަލުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް