ޑެލްޓާ އެއާލައިންސްގެ މަތިންދާބޯޓެއް، ޓޮރޮންޓޯ ގަޑިން ހޯމަދުވަހު މެންދުރުފަހު ތިންގަޑިތިރީސް އެހާއިރު، ރާއްޖޭ ގަޑިން ރޭ ދަންވަރު، ކެނެޑާގެ ޓޮރޮންޓޯ ގެ އެއާޕޯޓެއްގައި ޖައްސަން އުޅުމުގެ ތެރޭގައި ބޯޓު ކައްސާލައި އަދި ފުރޮޅިފައިވާ ކަމަށް ޚަބަރުލިބެއެވެ.80 މީހުންނާއެކު މިނެސޯޓާ އިން ފުރައިގެން ދަތުރުކުރި އެންޑެވާ އެއާގެ ބޯޓަށް ހާދިސާކުރިމަތިވީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް ވެއެވެ.
ބޯޓުގައި ތިބި ފަސިންޖަރުންނާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނާގޮތުގައި ބޯޓު ހަމަ ޖެއްސިތަނާ ފުރަތަމަ ކައްސާލީއެވެ.އަދި ބޯޓުގެ ދަށްފުށް މައްޗަށްވާގޮތަށް އެނބުރުނެވެ.އޭރު އެއްފަރާތަކުން އަލިފާން ފެންނަން ހުރިކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.
މި ހާދިސާގައި 18 މީހުންނަށް އެކި އަނިޔާތައް ލިބިފައިވީ ނަމަވެސް އެންމެން ވަނީ މަރުނުވެ ސަލާމަތް ކުރެވިފައެވެ.
ސޯޝަލް މީޑިޔާ ޕޯސްޓް ތަކުން ފެންނަ ގޮތުގައި، ބޯޓު ހުއްޓުނު އިރު އެންމެންވެސް ތިބީ ގޮޑިތަކުގައި އެކޮޅުކޮޅުން އެލުވިފައެވެ.އެއާއެކު އެއްބައިވަންތަކަމުގެ ރޫހެއް ފެތުރި،އެންމެން އެކަތިގަނޑަކަށްވެ، އަމިއްލަޔަށް ސަލާމަތް ވެވުނު މީހުންވެސް އެކަކު އަނެކަކު ސަލާމަތްކުރުމުގެ ރޫހެއް ބޯޓުތެރޭގައި ހިންގައިގެން ދިޔަކަމަށް ޚަބަރުތައް ބުނެއެވެ.
ރަންވޭމަތީގައި ބޯޓު ހުއްޓުމަކަށް އައުމާއެކު ފަޔާފައިޓަރުން ވަގުތުން ވަނީ ހަރަކާތްތެރިވެފައެވެ.ނަމަވެސް އޭރު ބޯޓުގެ ދެފިޔަ ވަނީ ބޯޓާ ވަކިވެފަ ކަމަށް ވެއެވެ.
މި ހާދިސާ މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.