މޯލްޑިވެސް ކޮމިޔުނިޓީ ޕާޓީ އުފެއްދުމަށް މެމްބަރުން ހަމަވެ ހުށަހަޅަން ވެފައި ވަނީކޮށް އީފާހަށް ބަދަލުކޮށްލުމުން ބޮޑު ގެއްލުމަކާއި ލަސްތަކެއް –- ޝަރީފް

Loading

February 14, 2025
profile
Facebook
Twitter
WhatsApp

އެ ޖަމާޢަތް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތާއި ބެހޭގޮތުން އެ ޖަމާޢަތުގެ ވަގުތީ ސެކެޓެރީ ޖެނެރަލް އަޙުމަދު ޝަރީފު ވިދާޅުވީ ޕާޓީ އުފެއްދުމަށް އިލެކްޝަން ކަމިޝަނުން ހުއްދަ ދެއްވީ މިދިޔަ ނޮވެމްބަރު 13 ގައި ކަމަށާއި އަދި 3 މަސްދުވަހުގެ ތެރޭގައި މަދުވެގެން 3000 މީހުން ހަމަކުރުމަށް ދިން މުޙުލަތުގައި މަސައްކަތް ކުރަމުންގޮަސް 3500 މެމްބަރުނާއި ގާތަށް މެމްބަރުން ލިބި ފޯމްތައް ޗެކްކޮށް ފައިނަލް ސްޓޭޖްގައި ވަނިކޮށް ޑިސެމްބަރ މެދެއްހާތަނުގައި އީ.ސީ އިން ދެން ފޯމްގެ ޒަރީޢާއިން އެއްވެސް ޕާޓީއަކަށް މެމްބަރުން ވެއްދުން މަޑުކޮށްލިކަމަށް މީޑިޔާއިން އެނގިގެން ދިޔައެވެ. ބުނެވޭ ގޮތުގައި ސަރުކާރުގެ މައި ޕާޓީން ވަގަށް މީހުންތަކެއް ވަގު އިނގިއްޔާއި ވަގު ސޮއި ޖަހާގެން ވެއެދީކަމަށެވެ. މިއީ ވަރަށް ހިތާމަހުރި އަދި ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ސުވާލަކީ ގާބޫނު އަސާސީ އާއި ޚިލާފަށް ގާނޫން ހަދައި އަދި ގާނޫނާ ޚިލާފަށް އީ. ސީ އިން ބޭނުންވީމާ ގަވައިދު ހަދައި ގެޒެޓްކޮށް ހަމަ ހިދުން ހިދަށް ރައްޔަތުންނާއި ގުޅިފައި މިފަދަ ބޮޑެތި ކަންކަމުގައި ޢަމަލު ކުރެވިދާނެ ތޯއެވެ؟ ޝަރީފް ސުވާލު ކުރެއްވިއެވެ.

ގާނޫނު އަސާސީ ބުނަނީ “ 29 (ހ) ގައި : ސިޔާސީ ޕާޓީ އުފައްދައި ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި  ބައިވެރިވުމުގެ ޙައްގު ކޮންމެ ރައްޔަތަކަށްމެ ލިބިގެންވެއެވެ“. މިފަދަ ފުޅާދާއިރާއެއްގައި ރައްޔަތުންނަށް ލިބިދީފައިވާ ޙައްގެއް އަޅުގަނޑު ދެކޭގޮތުގައި ބާރުގަދަ ފައިސާވެރީން މަޖިލީހަށް ހޮވި ގާނޫނު އަސާސީ އާއި ފުށުއަރާ ގާނުނު ހަދައިގެން ލިބިދީފައިވާ ޙައްގުތައް  ހަނިކުރެވިގެން ނުވާނެއެވެ.

މިހެން މިދެންނެވީ  ދެން ގާނޫނު ބުނަނީ : ނަމްބަރު 12. (ހ) ސިޔާސީ ޕާޓީ އުފެއްދުން: “ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަދި ހުށަހަޅާ ފރާތުން އެ ޕާޓިއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ، މަދުވެގެން 3000 (ތިންހާސް) މީހުންގެ ސޮއި ހޯދައި، ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ. މިގޮތުން ހުށަހޅާއިރު، އެ ޕާޓީގެ މެމްބަރކަަށް ވުމަށްއެދި ސޮއިކުރި މީހުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑުގެ ނަންބަރާއި، ޢުމުރާއި، އިނގިލީގެ ނިޝާނާއި، ސޮއިކުރި ތާރީޚު އެނގެން އޮންނަން ވާނެއެވެ. އަދި އެއާއި އެކު އެމީހުންގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީއެއް ހުށަޅަން ޖެހޭނެއެވެ. …..“

ގާނޫނު އަސާސީ އާއި ޚިލާފަށް ހެދިފައިވާ މި ގާނޫނު ނަމްބަރު 12ގެ (ހ) ކިޔާލުމުން ރައްޔަތުންނަށް ގާނޫނު އަސާސީއިން ތައްމިނަށް ލިބިދީފައިވާ ޙައްގު މިވަނީ އެފަދަ ބާރުގަދަ ނުވަތަ ފައިސާވެރިން ހަނިކޮށްފާކަމުގައި ދެކެމެވެ. އަދި މިހެންވެފައި ވަނިކޮށް އިކަށްދުވަހަކު، އަޅުގަނޑުމެން ދެކޭ ގޮތުގައި، އެވަނީ ގާނޫން އަސާސީ އާއި ގާނޫނާއިވެސް ޚިލާފަށް އީ.ސީ އިން ގަވައިދެއް ހަދާ އަދި ކުރިއަށްވުރެވެސް ގާނޫނުން ލިބިދީފައިވާ ރައްޔަތުމީހާގެ ޙައްގު އުނިކޮށްލާފައެވެ.

އެހެނީ ގާނޫނު އަސާސީ އާއި ގާނޫނެއްއޮވެމެ، އީ.ސީ ބޭނުންވާހާ ގޮތަކަށް ގަވައިދުތައް ހަދާ ގެޒެޓް ކޮށް ބާރުތައް މުށުތެރަށް ގެނައުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ މަސައްކަތެކެވެ. ދައުލަތުގެ މުއައްސަސާތަކަށް ގާނޫނާއި ޚިލާފު ގަވައިދުތައް ހަަދައިގެން ރައްޔަތުންނަށް އަނިޔާއާއި މުސީބާތެއް ނުޖެއްސޭނެ ކަމުގައި ދެކެމެވެ.

ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ކޮންމެ ކަމަކީ ކުށުގެ ތެރެއިންވެސް ކުރެވޭނެ އެންމެ ބޮޑުކުށް ކަމުގައި ގާނޫން ބުނެތެވެ. އެއީ އަޅުގަނޑުމެން ގާނޫނު އަސާސީ އެއް އުފަންވީއްސުރެ ގަބޫލުކުރާވެސް ގޮތެވެ.

ޝަރީފް ވިދާޅުވީ މޯލްޑިވެސް ޔުނިޓީ ޕާޓީ އުފެއްދުމަށްޓަކައި ފާއިތުވި މި 70 ދުވަހެއްގެ ތެރޭގައި ވަރަށް ގަދައަޅާ މަސައްކަތް ކޮށްފައިވާނެ ކަމަށާއި ރާއްޖޭގެ ރަށްރަށް ދަތުރު ފަތުރު ކުރުމަކީ އަގުބޮޑު އަދި އުނދަގޫ ކަމެއް ކަމަށާއި، އީ. ސީ އިން މިގެނައި ބަދަލުގެ ސަބަބުން އަގުނުކުރެވޭފަދަ ގެއްލުމާއި ތަކުލީފް ލިބިގެން ގޮސްފިކަމަށެވެ. 

އިތުރަށް ވިދާޅުވީ، އެހެނަސް މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ މާލަސްތަކެއް ނުވެ އިރާދަފުޅުކުރެއްވިއްޔާ ވުޖޫދު ވާނޭ ކަމަށާއި، ދެން މިހާރު އެ ބޭނުންވާ އަދަދަށް މީހުންތިބުމާއި އެކު ރޯދައިގެ ފަހުން އަލުން އެ މެމްބަރުންގެ އަރިހަށް ދަތުރުކޮށް އީފާސް މެދުވެރިކޮށް މެމްބަރުން ވައްދަން ފަށްޓަވާނޭ ކަމަށެވެ. އުދަގުލާއި ދުއްތުރާތަށް ކަޑަތުކޮށް މިކަން ނިނަމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. މި ޖަމާޢަތަށް އެންމެ ގިނަ މެމްބަރު ލިބިފައިވަނީ ހދ. ކުޅުދުށްފުށިން ކަމުގައި ޝަރީފް ވިދުވިއެވެ. އަދި ވަރަށް އަހަވަހަށް ރޯދައިގެ ކުރީން ކުޅުދުށްފުށީގެ މެމްބަރުންނަށް ޝުކުރުދެންނެވުމަށް ދަތުރެއް ހަމަޖެހިފައިވާ ކަމަށެވެ.

Loading

6 Responses

  1. ލިޔުމުގެ ކުށެއްތޯ؟ އީސީ އިން ޖެނުއަރީ ގައި އީފާސްގެ ވާހަކަ ދެއްކީ، ޑިސެމްބަރަކު ނޫނެވެ.

  2. މިހާރު ތަންކޮޅެއް ފަސޭހައިން ތިކަން ތިވީ ޕީޕީއެމް އުވާލީމަޔާއި މިހާރު އެ އުޅޭ ބޮޑެތި ޕާޓީތަށްދެކެ އެވާ ފޫހިންނެވެ. ކުރިޔަށް އާ ޖަމާޢަތަކަށް ޖާގަ އޮތްކަމަށް ފެނެއެވެ. ކުރިއަށް ބާރަށް ވަޑައިގަންނަވާށެވެ. ޝަރީފަށާއި ތި ގުރޫޕަށް ތިކަން ވާނެއެވެ. ޢަލީ އަޙުމަދާއި ނަޒާކީ އަކީވެސް ގިނަ ބަޔަކު ދަންނަ ލަފާބައެކެވެ. މަރުޙަބާ!

  3. ކުޅުދުއްފުށިން ސޭޓުމެން ތިކަމާ ވަރަށް އެޅެފިއެވެ. ލަފާދާރު އިސްރަށްވެހީން ގުޅިފައިވާކަން ދެނެހުރީމެވެ. ޕާޓީ ރެޖިސްޓަރީވީމާ ވިއްކާނުލައްޗެވެ.

  4. އާޓިކަލް ކިޔާލުމުން ދޭހަވާނީ ގާނޫނު އަސާސީއަށް ޚިލާފަށް އީ.ސީ ގެންނަ ކޮންމެ ބަދަލަކަށް ރުހި ގަބޫލު ކުރާކަމެވެ. އެހެން ވެއްޖެ ނަމަ އިންސާފުގެ މަގުން ކަންކަން ކުރަން އުޅުމުގެ ބޭނުނެއްނެތެއްނު!

  5. ޙަސަން ޒަރީރު
    އަޅުގަނޑު ޤަބޫލުކުރާގޮތުގައި މުއްދަތެއް ކަނޑަ އަޅުއްވާފައި ވަނިކޮށް، އެމުއްދަތުގެ މެދުތެރެއިން ޤާނޫނަށް ގެނެވޭ ބަދަލަކުން އެ ޤާނޫނަށް ބަދަލު ގެނައުމުގެ ކުރިން ކުރަން ހުއްދަދީފައިވާކަމެއް ނުކުރެވެންވީ ޤާނޫނީ ގޮތުން ކޮންހުރަހެއް އޮވެގެންތޯ؟ މި މައްސަލަ ސްޕްރީމްކޯޓަށް ވެއްދޭތޯ ބަލަން އެބަޖެހޭ!؟ޤާނޫނީ ބޭފުޅުން ވެސް ސަމާލުވާންޖެހޭ!!

  6. ރާއްޖޭގައި ގާނޫނަކީ ވެރިން މޮޑެން ގެންގުޅޭ ފުށްގަނޑެކެވެ. ބޭނުން ގޮތަކަށް މޮޑެލައެވެ. ގުޅަޔަށްވެސް ބަޖިޔާ އަށްވެސް ރޮށްޓަށް ވެސް ހެޔޮކޮށް ލާނެއެވެ.

Leave a Reply to Hassan Zareer Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް