ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދޭން ކުންފުނިތަކަށް އަންގައިފި

Loading

February 12, 2025
Facebook
Twitter
WhatsApp

ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ނުދިނުމަށް ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށް އަންގައި ރޯދަ މަހާ ގުޅުވައިގެން އިތުރު ހަދިޔާތައް ނުދޭން އަންގާފައެވެ.

ހަމައެހެންމެ އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޖެހޭނީ އެ މީހެއްގެ އަސާސީ ވަޒީފާ އޮންނަ ކުންފުންޏަކުން ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ރޯދަ މަސް ފެށޭއިރު ނޯ ޕޭ ލީވް އާއި ޕޭ ލީވްގައި ތިބި ސްކޮލަޝިޕް މުވައްޒަފުންނަށް އިނާޔަތް ދޭން ނުޖެހޭނެ ކަމަށާއި ނަމަވެސް ރޯދަ މަސް ތެރޭގައި ވަޒީފާއާ އަލުން ގުޅިއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ އިނާޔަތަށް ޖެހޭ މިންވަރަށް ދޭން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް