މާލެ ސަަރަހައްދުގައި ޓެކްސީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްޓީސީސީއިން ބުނީ މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީ ލައިނެއް ކަމަށެވެ.މި ޚިދުމަތަށް ނަގާނީ މިހާރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީގައި ކަނޑައަޅާފައިވާ ގައިޑްލައިނުގައިވާ އަގުތަކެވެ. ޚިދުމަތް ހޯދުމަށް ހަތް ދުވަސް ކުރީން ބުކްކުރެވޭނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަޙުމަދު ސައުދީއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހްމަދު ޝަމީމެވެ.
One Response
الحمدلله👍ވަރަށްބަރާބަރުކަމެއް👍