އެމެރިކާ ޔޫރަޕަށް ކަނޑައަޅާ ކޮންމެ ޓެރިފަކަށް ފަރަންސޭސި ވިލާތް ތައްޔާރު

Loading

February 12, 2025
profile
Facebook
Twitter
WhatsApp

އެމެރިކާއިން ޔޫރަޕާ ދެކޮޅަށް އަޅާ އިގްތިސާދީ ކޮންމެ ފިޔަވަޅެއްގެ ސަބަބުން ޔޫރަޕްގެ ދިރިއުޅުމުގެ އަގުތައް މައްޗަށްދާނެކަން ގަބޫލު ކުރައްވާކަމަށާއި އަދި ހަމަ އެ މިންވަރަށް އެމެރިކާގެ އިގްތިސާދަށްވެސް ގެއްލުން ވާނެކަމަށް ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވެއްޖެއެވެ. ޓްރަމްޕްގެ މާލީ އިންޒާރަށް މިހުރީ ފުރިހަމައަށް ތައްޔާރުވެގެންކަން ދޭހަވާ މޭރުމަކުން ރައީސް  މެކްރޯން ވަނީ މިދިޔަ ހުކުރު ދުވަހު ވާހަކަ ދައްކަވާފައެވެ. ސީއެންއެން ގައި ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ ރައީސް ޓްރަމްޕް މިހާތަނަށް ކެނެޑާއާއި މެކްސިކޯއާއި ޗައިނާއަށް ޓެރިފް އިއުލާން ކުރައްވާފައިވާއިރު ޔޫރަޕިއަން ބްލޮކަށްވެސް ޓެރިފްގެ އިންޒާރު ދިނުމަކީ އަލަށް ކުރައްވާ ކަމެއް ނޫންކަމަށެވެ. 

                                          

އިނގިރޭސިބަހުން ވާހަކަ ދައްކަވަމުން ޗައިނާވެސް އެއްފަރާތުގައި ބާއްވާފައި ޔޫރަޕިއަން ޔޫނިއަން ބްލޮކްއަކީތޯ އެންމެ ފުރަތަމަ އިންޒާރުދެއްވަން ބޭނުންވާ ސަރަހައްދަކީ ރައީސް ޓްރަމްޕްއަށް އިޝާރާތް ކުރައްވައި ރައީސް މެކްރޯން ސުވާލު ކުރެއްވިއެވެ. އަހަރެންނަށް އެނގިފައިވާ ގޮތޮގައި މަނިކުފާނަށް އެންމެ ބޮޑު މައްސަލައަކީ ޗައިނާއެވެ. އެހެންވީމާ ފުރަތަމަ ޗައިނާއާ ދޭތެރޭ އޮތް މައްސަލަ ނިންމަންވީ ނޫން ހެއްޔެވެ!            

ޔޫރަޕިއަން ޔުނިއަން ބްލޮކަށް އެމެރިކާއިން ޓެރިފް އިއުލާން ކޮށްފިނަމަ ޔޫރިޕިއަން ބްލޮކްގައި ދިރިއުޅުމުގެ އަގުތައް އުފުލޭނެ ކަމަށް ގަބޫލުކުރެެއެވެ. ހަމަ އެ މިންވަރަށް އެމެރިކާ ރައްޔިތުންވެސް ޖެހޭނީ މުދަލުގެ އަގު ބޮޑުވުމާ ކުރިމަތިލާށެވެ. އެއީ އެމެރިކާގެ ރައްޔިތުން ބޭނުންވާނެ ގޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.             

އެމެރިކާއިން ޓެރިފް ކަނޑައަޅައިފިނަމަ ފަރަންސޭސި ވިލާތުން ހަމަ އެގޮތަށް އަމަލު ކުރައްވާނަންތޯ ސުވާލު ދެންނެވުމުން މެކްރޯން ވިދާޅުވީ މީގެ ކުރިންވެސް އޮންނާނީ އެކަން ކޮށްފައި ކަމަށާއި ކުރިއަށް އޮތްތަނުގައި  ވެސް ކުރާނެ ކަމަށެވެ. މެކްރޯން އިތުރަށް ވިދާޅުވީ ޔޫރަޕިއަން ބްލޮކް ގެ 27 ގައުމު އޮންނަން ޖެހޭނި ތައްޔާރަށް ކަމަށާއި އަދި އޮންނަންޖެހޭނީ އެއްބައެއްގެ ގޮތުގައެވެ. އަދި ޔޫރަޕް އަބަދުވެސް އޮންނަންޖެހޭނީ މިނިވަން ބްލޮކެއްގެ ގޮތުގައި ގަބޫލު ކުރާ ކަމަށާއި އެއީ ދިފާއީ ގޮތުންނާއި ސަރަހައްދީ ރައްކާތެރިގޮތުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާރޓިފިޝަލް އިންޓެލިޖެންސްގެ ވަސީލަތާއެކުވެސް އަވަހަށް ކުރިއެރުމަށް ބާރު އަޅަމުންގެންދާ ސަބަބަކީވެސް އެއީ ކަމަށާއި ޔޫރަޕަކީ އެމެރިކާގެ ފަހަތުން ހިނގާ ބްލޮކަކަށް ވެގެން ނުވާނެ ކަމަށާއި އެމެރިކާއިން ޓެރިފް ކަނޑައަޅައިފިނަމަ ވާހަކަދައްކައިގެން ކުރަންވީ ކަންތައް ކުރާނެ ކަމަށް މެކްރޯން ވިދާޅުވިއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް