ސީއައިއޭގެ މުއައްޒަފުންގެ ވަޒީފާއާ ދޭތެރޭ ގޮތެއް އިޚްތިޔާރުކުރަން ޖެހިއްޖެ

Loading

February 9, 2025
profile
Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އެޖެންޑާއާއި އެއްގޮތަށް ސަރުކާރުގެ ސައިޒް ކުޑަކުރުމުގެގޮތުން ކަމަށްބުނެ އެމެރިކާގެ ތާރީޚުގައި އެންމެފުރަތަމަ ބައްޓަންކުރެވޭ އިދާރާއަކަށް ސީއައިއޭ(ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ) ވެއްޖެކަމަށް ސީއެންއެންގެ ޚަބަރުގައި ބުނެފިއެވެ. މި ކަމާގުޅޭގޮތުން ސީއައިއޭ ގެ ހުރިހާ މުއައްޒިފުންނަށް “ ބައިއައުޓް އޮފަރ “ ފޮނުވާފައިވާކަމަށް އެ އޭޖެންސީގެ ތަރުޖަމާނު ހާމަކޮށްފައިވެއެވެ. ބައިއައުޓް އޮފަރ ގައި ވަޒީފާއިން އަމިއްލައަށް ވަކިވާ މުއައްޒިފުންނަށް 8 މަސްދުވަހުގެ މުސާރައާއި ހުރިހާ އިނާޔަތެއް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ މުއައްޒިފުން އަދާކުރަމުންގެންދާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބައިއައުޓް އޮފަރ މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. ބައިއައުޓް އޮފަރ ސީ އައި އޭ ގެ ހުރިހާ މުއައްޒިފުންނަށް ހުށައަޅާފައި އޮތްނަމަވެސް އެންމެހާ މުއައްޒިފުންނަށް އޭގައި ބުނެފައިވާ ފުރުސަތު އޮތްކަން އަދި ސާފެއް ނުވެއެވެ. މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވަނީ ބައެއް ޚާއްސަ ތަޖުރިބާކާރުން އެ އޮފަރ ނޯޓިސް ގައި ނުހިމެނޭނެ ކަމަށެވެ.  

  

ސީއައިއޭގައި ޒަމާނީ ޒުވާން ވިސްނުމަށް ޖާގަހުޅުވާލާފައި އޮތުމާއެކު(މިސްކިތު ވަކަރުތައް އެއްފަރާތްކޮށްފައި)ސީއައިއޭ އަލުން ބައްޓަން ކުރުމަކީ ޑިރެކްޓަރ ރެޓްކްލިފްގެ ވިސްނުމާ އެއްގޮތަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތެއް ކަމަށް ސީއައިއޭގެ ތަރުޖަމާނު ބުނެފައިވެއެވެ. އަދި ބައެއް އޮފިސަރުން ވަޒީފާއިން ވަކިކުރުމުގެ މުއްދަތާ ދޭތެރޭވެސް ޑިރެކްޓަރ ރެޓްކްލިފް ފަރުވާތެރިވާން ޖެހޭނެއެވެ.                           

ސީއައީއޭގެ މި އޮފަރ އެންމެ ފުރަތަމަ ރިޕޯރޓް ކޮށްފައިވަނީ ވޯލް ސްޓްރީޓް ޖާނަލުންނެވެ. ބައެއް ފާޑު ކިއުންތެރިން ތުހުމަތު ކުރަމުންގެންދަނީ ބައިއައުޓް އޮފަރ އަކީ ސީއައިއޭގެ އެތެރޭން ކުނިހޮވާލުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ސަބަބުން ފެޑެރަލް ސަރުކާރުގެ ތެރޭގައިވެސް އަޑުގަދަވެ ޔުނިއަންތަކުގެ މެމްބަރުން ބައިއައުޓް އޮފަރ ގަބޫލު ނުކުރުމަށް ލަފާދެމުން ގެންދާ ކަމަށްވެސް ޚަބަރުތަކުގައި ބުނެފައި ވެއެވެ.                                                            

ރައީސް ޓްރަމްޕް އަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ސީއައިއޭ އާއި އިން ޓްރަމްޕް އާއިދެކޮޅަށް އެކި ގޮތޮގޮތުން “ ޑީޕް ސްޓޭޓް “ ރޯލް ކުޅެމުން ގެންދާކަމަށް ތުހުމަތުގެ އިނގިލި ގެންދަނީ ދިއްކުރަމުންނެވެ. އަދި ބައެއް އެހެންބޭފުޅުން ތުހުމަތު ކުރާގޮތުގައި ސީ އައި އޭ އިން ފަހަކަށް އައިސް  އެ އޭޖެންސީން ކުރަންޖެހޭ   މަސައްކަތަށްވުރެން ސިއްރު ހަރަކާތްތައް ވަނީ އިތުރުކޮށްފައިކަމަށް ތުހުމަތު ކުރެއެވެ.                 

ރައީސް ޓްރަމްޕް ގެ ސަރުކާރުން މިހާރު ވިސްނަމުންގެންދަނީ ކައިރި މުސްތަގްބަލެއްގައި ފެޑެރަލް މަސައްކަތްތެރިންގެ ގިނަ ބަޔަކު ގެއަށް ފޮނުވާލުމަށާއި އަމިއްލައަށް ވަޒީފާއިން ވަކިވާ މީހުންނަށް ސެޕްޓެމްބަރގެ ނިޔަލަށް މުސާރަ ލިބޭނެގޮތަށް ރޭވުމަށެވެ. ވަޒީފާއިން ވަކި ނުވުމަށް ގަދަހަދާ މީހުން ގެއަށްދާން ޖެހޭނީ ހުސް އަތާ ކަމަށްވެސް ބުނެފައި ވެއެވެ.                                                 

ސީ އައި އޭ އަށް ދީފައިވާ ބައިއައުޓް އޮފަރ އަކީވެސް މިގޮތަށް އަމަލުކުރަން ރާވާފައި އޮތް ޕްރޮގްރާމެއްކަން މިހާތަނަށް ސާފެއް ނުވެއެވެ.                                                     

ރައީސް ޓްރަމްޕް ރިޔާސަތާ ހަވާލުވިތާ 2 ވަނަ ދުވަހު އެމެރިކާ ކޯސްޓްގާރޑް ގެ ކޮމާންޑަރ 4 ތަރީގެ އެޑްމިރަލް ލިންޑާ ފާގަން ވަނީ ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލާފައެވެ. އެކަމަނާގެ ރަސްމީ ގެކޮޅު ހުސްކުރަން ސަރުކާރުން ދިފައިވަނީ ހަމައެކަނި 3 ގަޑިއިރުގެ މުއްދަތުކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ. އަދި  ވަގުތު ނެތުމުގެ ސަބަބުން އެކަމަނާ ގެއިން ނިކުމެ ވަޑައިގަންނަވަން ޖެހި ވަޑައިގަތީ އަމިއްލަ ފުޅު ހުރިހާ އެއްޗެއް ދޫކުރައްވާފައިކަމަށާއި އެރޭ އަވަހާރަފުޅު ލެއްޕެވީ ރައްޓެއްސެއްގެ ގޭގައިކަމަށްވެސް ޚަބަރުތަކުގައި ބުނެފައި ވެއެވެ.                                                                  

އެކަމަނާގެ ކުށެއްކަމަށް ބަޔާންކޮށްފައިވަނީ ނަސްލީ އަދި ޖިންސީ ތަފާތުކުރުމާ ދެކޮޅު ވިސްނުމެއް ގެންގުޅުއްވުން ކަމަށް އެން ބީ ސީ ނިއުސްގައި ބުނެފައިވެއެވެ. އެކަމަނާއަކީ އެމެރިކާގެ މިލިޓްރީގެ އެއްބާރު ކަމަށްވާ ކޯސްޓް ގާރޑްގެ އެންމެ ފުރަތަމަ އަންހެން ކޮމާންޑަރެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް