އައިޖީއެމްއެޗުން ވައްކަން ކުރި ދެ މީހެއްގެ ބަންދަށް 15 ދުވަސް!

Loading

February 8, 2025
sandhaanu news
Facebook
Twitter
WhatsApp

އައިޖީއެމްއެޗް ހޮސްޕިޓަލުން ވައްކަން ކުރި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް 15 ދުވަސް އިއްޔެ ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ ދެ ފިރިހެނުންނެެވެ. އެއީ 40 އަހަރުގެ ފިރިހެނަކާއި 46އަހަރުގެ ފިރިހެނެކެވެ. އޭސީތަކުގެ ބައިތަކެއް ވަގަށް ނަގަން އުޅުނުކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި 40 އަހަރުގެ މީހާ ވަނީ މިއީ އޭނާގެ ބައިވެރިވުން އޮތް ކަމެއް ނޫން ކަމަށާއި އެ ތަަނަށް ދިޔައީ ރައްޓެއްސަކު ފެނިގެން ކަމަށް ބުނެފައެވެ. މީގެ އިތުރުން މި ދެ މީހުން ބުނީ އައިޖީއެމްއެޗުން އެލުމީނިމްތަކެއް ނެގީ އެ ތަނުގެ މުވައްޒަފަކު ހުއްދަ ދީގެން ކަމަށާއި ނަމަވެސް ހުއްދަ ދިނީ ކާކުކަން ބުނެދެވިފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް