އަލްގައިދާ ޖަމާއަތުގެ ލީޑަރަކު ޔަމަނުގެ މަރިބް ޕްރޮވިންސްގައި މަރާލައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކުގެ މެދުގައި ހިނގި އެތެރޭގެ ހަމަނުޖެހުންތަކާ ގުޅިގެން މަރިބް ޕްރޮވިންސްގައި އަލްގައިދާ ތަކްފީރީ ޖަމާއަތުގެ އިސް ލީޑަރުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ.
އޭނާ މަރުވެފައި ވަނީ ޔަމަނުގެ މަރިބް ޕްރޮވިންސްގެ ވާދީ އުބައިދާ ސަރަހައްދުގައި މޮޓޯސައިކަލް ބޮމެއް ގޮއްވާލުމާ ގުޅިގެންނެވެ.
އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ޔަމަނުގެ މީޑިއާތަކުން ބުނީ ޓެރަރިސްޓް ޖަމާއަތުގެ ލީޑަރު މަރާލާފައި ވަނީ އެމެރިކާއާއި ސައުދީ ކޯލިޝަނުން ތާއީދުކުރާ ތަކްފީރީ ޖަމާއަތްތަކުން ޔަމަނުގެ ހިފާފައިވާ ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކެއްގައި ކަމަށެވެ.