މަގުމަތީގައި އަޑުގަދަ ކުރަމުންދިޔަ ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެއްޖެ!

Loading

February 8, 2025
sandhaanu news
Facebook
Twitter
WhatsApp

ރަށެއްގެ މަގުމަތީގައި އަޑުގަދަ ކުރަމުންދިޔަ ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ މައްސަލަބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ ހަ ވަނަ ދުވަހު ރ.މީދޫގެ މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުންދިޔަ ކުދިންތަކަކަށް އެގޮތަށް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވެފައިވާ ކަމަށާއި އެކަން ނުހުއްޓާނެ ކަމަށް ބުނެ އެ ކުދިން ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވާ ކަަމަށެވެ.

އެހެންކަމުން ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށް އެންގުމުން ހަމަނުޖެހުން ހިންގާ އެ ފުލުސް މީހާއަށް ހަމަލާ ދީފައިވާ ކަމަށާއި، ނަމަވެސް އެ ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާ ކޮށްފައިވާ ކަމަށް ކުއްޖާގެ އާއިލާއިން ތުހުމަތު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން މި ހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށާއި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް