މަސްތުގެހާލުގައި ހުރެގެން ސައިިކަލެއްގައި ރޯކޮށްލި ފުވައްމުލަކު މީހެއްގެ ބަންދަށް 5 ދުވަސްޖަަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލްކޯޓުން ބަންދަށް 5 ދުވަސް ޖަހާފައި ވަނީ ފުވައްމުލަކަށް ނިސްބަތްވާ 21 އަހަރުގެ ޒުވާން ފިރިހެނަަކަށެވެ.
އޭނާ ހައްޔަރުކުރުމަށް ނެރުނު ބަންދު އަމުރުގައި ބުނީ ޖަނަވަރީ މަގު ވެލިގާ ހާޑުވެއާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ ސައިކަލަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ވަނީ މިކަން ކުރިކަމަށް ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފްވެފައެވެ. އަދި އެކަން ކުރެވުނީ ބަނގުރާ ބޮއެގެން ހުރެގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.
One Response
ބަލިކުއްޖެއް ދޫކޮށްލާ….ނޫނީ ހިއުމަން ރައިޓްސް ނޫނީ ގޭންގް ނޫނީ މެމްބަރު އަންނާނެ….!!!!