ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވައިފިއެވެ. އެ ނާދީ ހުޅުވިފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން އިރުއޮއްސި 18:00 އަށެވެ.

މި ނާދީ ހުޅުއްވައިދެއްވީ، މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު އެވެ.

އެޗްޑީސީން ބުނީ މި ނާދީ ތަރައްޤީ ކޮށްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ފަސޭހައިން އެކްސެސްވެވޭގޮތަށް އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކު، އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށްވެސް އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ކަމަށެވެ.

މިގޮތުން އިސްރަށްވެހިންގެ ހެލްތު ސްކްރީނިންގް އާއި، ބޭނުންވާ ހާއްސަ ފަރުވާތަށް އެ ނާދީން ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އެ ނާދީގައި އަވަސް ފަރުވާދޭ ކޮޓަރިއާއި، ނަމާދު ކޮޓަރި އާއި ބަދިގެވެސް ހިމެނެ އެވެ.

މީގެ އިތުރުން އެންމެންނަށް ބޭނުންކުރެވޭ ކޮމަން ސަރަހައްދަކާއި، ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަ ވެސް އެ ނާދީގައި ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް