ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާދިން ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ފުލުހުން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ އޭނާއާ ހަވާލުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ފަޒުލްގެ ގެއިން ފެނުނު ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެ ފައިސާ މިހާރު ވަނީ އަނބުރާ ހަވާލުކޮށްފައި ކަމަށެވެ.ނަމަވެސް އެ ފައިސާ ހަވާލުކުރި ވަކި ތާރީޚެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފަޒުލް ދިރިއުޅޭ މ. ޒޭވަރުގެ ބަލައިފާސްކޮށްފައި ވަނީ 23 ޑިސެމްބަރު، 2024 ގަ އެވެ. އަދި އެ ގެ ބަލާ ފާސްކުރުމުގެ ތެރެއިން ފުލުހުންނަށް ފެނުނު 1.4 މިލިއަން ރުފިޔާ ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ. މިއާއެކު ރާއްޖޭގައި ލޯންޗު ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެއް ކަމަށްވާ ”ރިލެކްސް ފެރީ ސާވިސް“ އިން އޭރު ބުނީ އެއީ، ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ހަވާލުކުރި 1.4 މިލިއަން ރުފިޔާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް