ރާއްޖެ ޓީވީން ދެއްކި ލަވައެއްގައި ސަރުކާރަށް ފާޑުކިޔާފައި ވާތީ އެ މައްސަލަ ބަލަނީ

Loading

Facebook
Twitter
WhatsApp

ރާއްޖެ ޓީވީން ދެއްކި ލަވައެއްގައި ސަރުކާރަށް ފާޑުކިޔާފައި ވާތީ އެ މައްސަލަ ބަލަން ނިންމައިފިއެވެ.

ރާއްޖެ ޓީވީން މި ލަވަ ގެނެސްދީފައި ވަނީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން މި ފަހުން ކުރިއަށްގެންދިޔަ ”ފުދިއްޖެ،ފުނޑިއްޖެ“ މުޒާހަރާގެ ކަވަރޭޖުގެ ތެރެއިންނެވެ.

އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިއްޔެ ރާއްޖެ ޓީވީއަށް ފޮނުވި ލިޔުމެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންދަނީ ހުސްވި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ގެނެސްދިން ކޮންޓެންޓެއް ކަމަށެވެ.

އަދި އެއީ ”ދިވެހިން ހަމަ ފުނޑިއްޖެޔޭ، މިވަރު ދެން ފުދިއްޖެޔޭ،“ ލަވައިގެ ކޮންޓެންޓު ކަމަށް ބްރޯޑްކޮމުން ބުނެފައި ވެެއެވެ. މީގެ އިތުރުން ވަކިގޮތެއް ކަނޑައަޅަންދެން އެ ކޮންޓެންޓް ރައްކާކޮށް، ބެހެއްޓުމަށް ބްރޯޑްކޮމުން ރާއްޖެޓީވީއަށް އަންގާފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް